ޤައުމީ މުބާރާތަށް ޝޫޓަރުން ތައްޔާރުވެއްޖެ
ނެޝަނަލް ޝޫޓިން ސްޕޯޓް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރާ ޝޫޓަރުން މުބާރާތަށް ތައްޔާރުވެއްޖެއެވެ. މިމަހުގެ 7 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ނެޝަނަލް ޝޫޓިން ސްޕޯޓް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2026ގައި ވާދަކުރާ އެތުލީޓުން މުބާރާތަށް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަމަހުގެ ތެރޭގައެވެ. އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މިމުބާރާތަށް މިއަހަރުވެސް ބޮޑު ތަރުހީބެއް ލިބުނުކަމަށް ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިންވަނީ ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދީފައެވެ. ހު…