"އުފެއްދުންތެރިކަމުގެ މައުރަޒު ބޭއްވި މަގުސަދު ފުރިހަމައަށް ހާސިލުވެއްޖެ"
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ބޭއްވި މަގުސަދު ވަރަށް ފުރިހަމައަށް ހާސިލުވެއްޖެކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއް މައުރަޒު ކަމަށްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގެ ކާމިޔާބީ ހިއްސާކުރައްވަމުން ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026އަކީ، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފ…