ޢުމާން ކައިރިން ދަތުރުކުރި އިންޑިއާގެ މުދާ އުފުލާ އުޅަނދަކަށް ހަމަލާދީފި
ޢުމާންގެ އައްސޭރިފަށުގެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އިންޑިއާގެ ދިދަ ޖަހާފައިވާ މުދާ އުފުލާ އުޅަނދަކަށް، ކޮން ބައެއްކަން ނޭނގޭ ފަރާތަކުން ދިން ހަމަލާއެއްގައި އިންޑިއާގެ ޒުވާން ފަޅުވެރިއަކު މަރުވެ، އިތުރު 13 މީހަކު ސަލާމަތްކޮށްފިއެވެ. އިންޑިއާގެ ޕޯޓްސް، ޝިޕިންގ އެންޑް ވޯޓަރވޭސް މިނިސްޓަރު ސަރްބާނަންދާ ސޮނޯވަލް ވިދާޅުވީ، 14 ފަޅުވެރިންނާއެކު ޔޫއޭއީގެ އަލް ޙަމްރިއްޔާ ބަނދަރުން ފުރައިގެން އިންޑިއާގެ ޕޮރްބަންދަރަށް ދަތުރުކުރަމުންދިޔަ 'އެމްއެސްވީ އަލް ޔޫސުފީ' ނަމަކަށް ކިޔާ އުޅަނދަށް އޮމާންގެ ލިމާ ކަ…