"މިނިވަންކަން ކަށަވަރުކޮށް، ތަރައްގީގެ އިންޤިލާބީ ބަދަލުތަކާއި ކުރިމަތިލާންޖެހޭ"
ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އަސަރުނުކުރާ އަދި ގައުމުގެ ސިޔާދަތަށް އުނިކަން ނާންނާނެ ގޮތަށް، މުޅި ޤައުމުގެ މާލިއްޔަތަށް ފައިދާކުރާނެފަދަ އިންގިލާބީ ބަދަލުތަކާ ކުރިމަތިލާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ މާޒީން ފިލާވަޅުތައް ނަގައި، ޤައުމު ކުރިއެރުވުމަށް ކާބަފައިން ދެކުނު ހުވަފެންތައް ޙަގީގަތަކަށް ހެދުމުގެ މުހިންމުކަމުގެ މައްޗ…