Live 359,240 stories Updated Nov 4, 2026
Browse topics All stories

Latest stories

Live feed

ރަނގަޅު މީހާ ޚިޔާރުކުރުން: އިންސާފުވެރި ނިޒާމެއްގެ ބޭނުންތެރިކަން

04 Nov 2026, 10:30 ވަޒީފާއެއްގެ މަސްއޫލިއްޔަތުތަކާއި ޝަރުޠުތައް ކަނޑައަޅައި، އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމަށްފަހު ދެން އޮންނަ އެންމެ މުހިންމު މަރުހަލާއަކީ އެ މަޤާމަށް އެންމެ އެކަށޭނަ، އެންމެ ރަނގަޅު މީހާ ޚިޔާރުކުރުމެވެ. ގިނަ ފަހަރަށް ވަޒީފާއަށް މީހުން ހޮވުމުގެ މަރުޙަލާ ކުރިއަށްދަނީ އާންމު އުސޫލުން ހިނގާ އާދައިގެ ކަމެއްގެ ގޮތުގައެވެ. އެޕްލިކޭޝަންތައް ބަލައިގަތުމާއި ސަނަދުތައް ޗެކްކުރުމާއި ޝަރުތުހަމަވާ ފަރާތްތައް ލިސްޓުކޮށް އިންޓަވިއުއަށް ކިޔާ، އިންޓަވިއު ކުރިއަށް ގެންގޮސް، މާކްސްތައް…

ޙޫޘީންނަށް ވާގިވެރިވުމަށް އީރާނާއި ޙިޒްބުﷲގެ އަސްކަރީ މާހިރުން ޔަމަނަށް

ޔަމަނުގެ ޙޫޘީންގެ ހަނގުރާމަވެރިންގެ އަސްކަރީ ޙަރަކާތްތައް ރޭވުމާއި ހިންގުމުގައި އެހީތެރިވުމަށް، އީރާނުގެ އިންޤިލާބީ ފައުޖު (އައި.އާރް.ޖީ.ސީ) އަދި ލުބުނާނުގެ ޙިޒްބުﷲ ޖަމާޢަތުގެ އަސްކަރީ މާހިރުން ޔަމަނުގައި ޙަރަކާތްތެރިވަމުންދާ ކަމަށް އެ ޤައުމުގެ ސަރުކާރުން ތުހުމަތުކޮށްފިއެވެ. ޔަމަނުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި، ޙޫޘީންނަށް އެހީތެރިވުމަށް އައި.އާރް.ޖީ.ސީގެ 14 މެންބަރަކާއި ޙިޒްބުﷲގެ 7 މެންބަރަކާއެކު ޖުމްލަ 21 މާހިރަކު އެ ޤައުމަށް ފޮނުވާފައިވެއެވެ. ޔަމަނުގެ ދާޚިލީ ވަޒީރު އިބްރާޙީމް ޙައިދާން ވިދާ…

ތަޣައްޔަރު ވައިގެ ތެރޭ ނިއު ދިއްލީ އަނެއްކާވެސް ހާސްވެއްޖެ

ވައި ތަޣައްޔަރުވެ، އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އަނެއްކާވެސް ހާސްކަމުގެ ތެރެއަށް ހިނގައްޖެ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ އެންމެ ދަށް މިންގަނޑަށް ވުރެ 30 ގުނަ އިތުރަށް ދިއްލީގައި މިހާރު ވަނީ ވައި ތަޣައްޔަރުވެ ނުރައްކާވެފަ އެވެ. ވައިގެ ކޮލިޓީ ބަލާ މޮނިޓަރުތަކުން ދައްކާ ގޮތުގައި، ބުދަ ދުވަހު ދިއްލީގެ ބައެއް ސަރަހައްދުތަކުގައި ޕީއެމް 2.5 (ލޭގެ ތެރެއަށް ވާސިލްވާ ކެންސަރަށް މަގުފަހިކުރުވާ ކުދި ޒައްރާތައް) ގެ މިންވަރު ވަނީ ކިއުބިކް މީޓަރަކަށް…

"ވިޒިޓް މޯލްޑިވްސް އިޔަރ 2027" ބައިނަލްއަޤްވާމީ މާކެޓަށް އިފްތިތާޙުކޮށްފި

ބައިނަލްއަޤްވާމީ މީޑިއާތަކަށާއި ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރި ޕާޓްނަރުންނަށް "ވިޒިޓް މޯލްޑިވްސް އިޔަރ 2027" ރާއްޖެއިން ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މިކަން އިފްތިތާހުކުރީ ވޯލްޑް ޓްރެވަލް މާކެޓް، ޑަބްލިޔުޓީއެމް ލަންޑަން 2026 ގައެވެ. އަންނަ އަހަރަކީ ފަތުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގެ އަހަރުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ކަނޑައަޅުއްވާފައެވެ. "ވިޒިޓް މޯލްޑިވްސް އިޔަރ 2027 – ސެލެބްރޭޓް ދަ ސަނީ ސައިޑް" ކެމްޕެއިންއަކީ 2027 ވަނަ އަހަރު ފަތުރުވެރިން ރާއްޖެއަށް ޒި…

ސާފް ޗެމްޕިއަންޝިޕް: ރާއްޖެ ނޫން ހުރިހާ ގައުމެއް ޑާކާގައި

މާދަމާ ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތަށް ދިވެހިރާއްޖެ ނޫން ހުރިހާ ގައުމެއް ބަނގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ޖަމާވެއްޖެއެވެ. މާދަމާއިން ފެށިގެން ނޮވެމްބަރު 17 އަށް ކުރިއަށްދާ މުބާރާތަށް ޑާކާ އަށް ދިޔަ ފުރަތަމަ ގައުމަކީ ބޫޓާންއެވެ. މުބާރާތުގެ ތާރީހުގައި އެންމެ ބަލި ގައުމު ޑާކާއަށް ދިޔައީ ހޯމަ ދުވަހު ހެނދުނުއެވެ. 1995 ވަނަ އަހަރު މި މުބާރާތް ކާމިޔާބު ކުރި ސްރީލަންކާ ޓީމު ޑާކާއަށް ދިޔައީ އިއްޔެ ހެނދުނެވެ. އަދި މުބާރާތުގެ އެންމެ ކާމިޔާބު ގައުމު ކަމަށްވާ އިންޑިޔާ އާއި މިހާތަނަށް ތަށި ހޯދިފަ…

ސާފް ޗެމްޕިއަންޝިޕް: މޮޅީ ބަނގްލަދޭޝް، އިންޑިޔާގެ އަމާޒަކީ ތަށި

މާދަމާ ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފެވަރިޓުންނަކީ ބަނގްލަދޭޝް ކަމަށާއި ނަމަވެސް އިންޑިޔާއިން ތިބީ ތަށި ހޯދުމުގެ އަޒުމުގައި ކަމަށް ކޯޗު ނައުޝާދު މޫސާ ބުނެފިއެވެ. ރެކޯޑް އަދަދެއް ކަމަށްވާ ނުވަ ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ އިންޑިޔާއިން ދެ ވަނަ ފަންތީގެ ޓީމަކާއެކު މި ފަހަރުގެ މުބާރާތާ ކުރިމަތިލަނީ 2023 ވަނަ އަހަރު އެ ގައުމުން ހޯދި ތަށި ދިފާއު ކުރުމަށެވެ. މާދަމާއިން ފެށިގެން ނޮވެމްބަރު 17 އަށް ކުރިއަށް ގެންދާ މުބާރާތަށް އިންޑިޔާއިން އެކުލަވާލި ޓީމުގައި ގިނައިން ތިބީ 23 އަހަރުނ…

ސާފް ޗެމްޕިއަންޝިޕް: ޓިކެޓްގެ އަގުބޮޑުވުމުން މުޒާހަރާއަށް، ގޮތް ދޫކުރާނެ ބަޔަކު ނެތް

ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ޓިކެޓް އަގުބޮޑުވުމުގެ މައްސަލާގައި ސަޕޯޓަރުން މުޒާހަރާ ކުރަމުންދިޔަ ނަމަވެސް ސާފުން ދޫދޭން ބޭނުންނުވާކަމަށް ބުނެފިއެވެ. މާދަމާއިން ފެށިން މި މަހުގެ 17 އަށް ބަނގްލަދޭޝްގައި ބާއްވާ މުބާރާތުގައި ޓިކެޓް ވިއްކަން ހަމަޖައްސާފައިވަނީ އެއް ދުވަހެއްގައި ކުޅޭ ދެ މެޗަށް ގަނޑުކޮށެވެ. އެންމެ އާދައިގެ ޓިކެޓެއްގެ އަގަކީ މެޗަކަށް 500 ޓަކާ (ފަސްދޮޅަސް ދެ ރުފިޔާ އަށާވީސް ލާރި) އެވެ. ނަމަވެސް ސަޕޯޓަރުންގެ ކަންބޮޑުވުމަކީ ވަކިވަކިން މެޗުތަކަށް ނުވިއްކައި ދެ މެޗަށް 1000 ޓަކާ އަ…

ވިއަރެއާލް ކޮޅަށް ޖެހި 6 ލަނޑާއެކު ޕީއެސްޖީ، ލީގުގެ އެންމެ ކުރީގައި ހަމަޖެހިލައިފި

04 Nov 2026, 08:33 ޔުއެފާ ޗެމްޕިއަންސް ލީގުގެ ލީގު ފިޔަވަހީގައި ރޭ، ވިއަރެއާލްއާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ހަ ލަނޑާއެކު އެންމެ ފަހު ދެ އަހަރުގެ ޗެމްޕިއަން ޕީއެސްޖީ، ފައިދާ ގޯލުގެ ބޮޑު ތަފާތަކާއެކު ލީގު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ. ވިއަރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ނިމެންދެން، އެއްކޮށް ޑޮމިނޭޓުކޮށްފައި ވަނީ ޕީއެސްޖީންނެވެ. އެގޮތުން އެ ޓީމުން 71 ޕަސެންޓު ބޯޅަ ހިފަހައްޓާފައިވާއިރު، ޖުމްލަ 15 ހަމަލާއެއް ގޯލަށް ފޮނުވާލައި، އޭގެން 12 ހަމަލާ ގޯލަށް އަމާޒުކޮށްފައ…

ވާރޭނުވެހި ފެން ނުލިބޭތީ، އިންޑިއާގެ ދަނޑުވެރިންނަށް ގިނަ ގޮންޖެހުންތަކެއް

އިންޑިއާގެ ދަނޑުވެރިއެއް ކަމަށްވާ އަމަރްސިންހު ގުޝިންގެ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އޭނާގެ ދަނޑުގައި ސަނާމުގާއި ގޮދަން އިންދުމަށް ބޭނުންވެއެވެ. އެއީ މި ވަގުތު ބާޒާރުގައި ރަނގަޅު އަގުގައި އެ ތަކެެތި ވިކޭތީއެވެ. ނަމަވެސް އާންމުކޮށް ވާރޭ ވެހޭ މިންވަރަށްވުރެ މަދުން ވާރޭ ވެހޭ ދުވަސްވަރެއްގައި ފެން ލިބުމަށް ދަތިވުމުގެ ސަބަބުން ގުޝިންގެއަށް ވަނީ އެ ކަން ނުުރެވިފައެވެ. ފިނި މޫސުމަށް ދަނޑު ހެއްދުމަށް ދަނޑުވެރިން ތައްޔާރުވަމުންދާއިރު، ގުޝިންގެއެކޭ އެއްގޮތަށް އިންޑިއާގެ ދެކުނާއި ހުޅަނގުގެ ސަރަޙައްދ…

ޖަޒުބާތީ ގޮތުން ދެވޭ އަނިޔާ: ބޭރުފުށަށް ނުފެނުނަސް އެތެރެހަށި ފުނޑުފުނޑުކޮށްލާ ނަފްސާނީ ހަނގުރާމައެއް

04 Nov 2026, 08:35 ހަށިގަނޑުން ފެންނަން ހުންނަ ޒަޚަމްތަކަށްވުރެ، ހިތާއި ސިކުނޑިއަށް ލިބޭ ގެއްލުން މާ ފުންވެފައި ނުރައްކާތެރިއެވެ. މުޖުތަމަޢުގައި ގިނަ ފަހަރަށް ސިއްރުވެފައި އޮންނަ "އިމޯޝަނަލް އެބިއުޒް" ނުވަތަ ޖަޒުބާތީ ގޮތުން ކުރާ އަނިޔާއަކީ، އިންސާނާގެ އެތެރެހަށި ކުދިކުދިކޮށް، އަމިއްލަ ނަފްސުގެ އަގު މުޅިން ވެއްޔާ މޮޑެލާ ފަދަ ނާމާން ވަބާއެކެވެ. ބޭރުފުށަށް ފެންނަ ލަކުނެއް ނެތް ނަމަވެސް، މިއީ އިންސާނާގެ ވިސްނުމާއި މިނިވަންކަން އަޅުވެތިކޮށް، ދިރިއުޅުމުގެ އުފާވެރިކަން މަޑުމަޑުން ވިރުވާލާ ވިހައެކެވެ. މ…

ބާސެލޯނާ އަތުން އެސްޓަން ވިލާ ބަލިވެއްޖެ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެސްޓަން ވިލާ އާއި ބާސެލޯނާ ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެއްޖެއެވެ. މި މެޗުން އެސްޓަން ވިލާ ބަލިވުމާއެކު މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި އެ ޓީމުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ވަނީ ނިމުމަކަށް އައިސްފައެވެ. ބާސެލޯނާ އަށް 4 މެޗުން ލިބިފައިވާ 9 ޕޮއިންޓާއެކު ތާޥަލުގެ ދެވަނައިގައި އޮތްއިރު އެސްޓަން ވިލާއަށް ލިބިފައިވާ 9 ޕޮއިންޓާއެކު އެ ޓީމު އޮތީ ތިންވަނައިގައެވެ. ބާސެލޯނާގެ ސްޕޮޓިފައި ކޭމްޕް ނޯ ސްޓޭޑިއަމްގައި 52 ހާހަށްވުރެ ގިނަ މީހުންގ…

ފާއިތުވި ވިހި އަހަރުގެ އެންމެ ބޮޑު އަޣުލަބިއްޔަތާއެކު އެމެރިކާގެ ކޮންގްރެސްގެ ތިރިގެ ޑިމޮކްރެޓުން ކާމިޔާބުކުރާނެކަން ޔަގީންވެއްޖެ

04 Nov 2026, 09:21 އެމެރިކާގެ ރައްޔިތުންގެ މަޖިލިސް ނުވަތަ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު، ފާއިތުވި ވިހި އަހަރުގެ ތެރޭގައި އެ ޕާޓީން ހޯދި އެންމެ ބޮޑު ތަފާތުން ޑިމޮކްރެޓިކް ޕާޓީން ކާމިޔާބުކޮށްފައިވާ ކަމަށް ލަފާކޮށްފިއެވެ. އެންބީސީ ނިއުސްއާއި އެހެން ނޫސްތަކުން ލަފާކުރާ ގޮތުގައި މި ނަތީޖާއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި ރިޕަބްލިކަން ޕާޓީއަށް ރައްޔިތުން ދިން ވަރުގަދަ އިންޒާރެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެންބީސީ ނިއުސްގެ ދިރާސާތަކުން ދައްކާ ގޮތުގައި، ޑިމޮކްރެޓުން ގާތ…

Loading fresh headlines…