ދަރޭތި
(އާދިއްތަ ދުވަހާ ގުޅޭ) "މީރުވަސް ދެކެ އަހަރެން މިހާރު ފޫހިވެއްޖެ ބައްޕާ!" އާދަނު ބުންޏެވެ. "ދަރިފުޅަށް އެނގޭތަ ދާން މި އުޅެނީ ކޮން ގެއަކަށްކަން؟" އީސާފުޅު ވަރަށް އުފާވެފައި ސުވާލުކުރިއެވެ. "ކުޑަމާލިމީގެ ދޮންކަމަނަ ދަންނަން؟ ވަރަށް އަޚުލާގު ރަނގަޅު، ގެވެހި ކުއްޖެއް އެއީ. ބޭރު ތެރެއަށް ނުކުމެއެއް ނޫޅޭނެ." "ބައްޕައަށް އެ ގެ ރަނގަޅިއްޔާ އެ ވާނީ ރަނގަޅު ގެއަކަށް،" އާދަނު ބުންޏެވެ. "އަހަންނާ އިންނަން އޭނަ ކަމުދާ ހެން ބައްޕައަށް ހީވަންޏާ އެ ވާނީ ރަނގަޅު ކުއްޖަކަށް. އަހަރެން ބޭނުމެއް ނޫން އެއީ ކާކުތޯ ބަ…