ޓްރަމްޕާއެކު ވެފައިވާ ސަލާމަތީ އެއްބަސްވުން ގްރީންލެންޑުން ފާސްކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު މި އަހަރުގެ ކުރީކޮޅު ވެވުނު ސަލާމަތީ އެއްބަސްވުން، ގްރީންލެންޑުގެ ބަރުލަމާނުން ފާސްކޮށްފިއެވެ. އާކްޓިކް ސަރަހައްދުގައި އޮންނަ މި ޖަޒީރާގެ ގާނޫނުހަދާ މަޖިލީހުގައި ނެގި ވޯޓުގައި، މި އެއްބަސްވުމަށް ތާއީދުކޮށް 16 މެންބަރުން ވޯޓު ދެއްވިއިރު، ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ. އަދި، ހަތް މެންބަރަކު ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވައެވެ. ސެޕްޓެންބަރު މަހު އެމެރިކާއާއި ޑެންމާކު އަދި ގްރީންލެންޑުން ސޮއިކުރި މި އެއްބަސްވުމުގެ ބޭނުމަކީ، ގުދުރަތީ މުއް…