ޔަމަނުގެ ތަޢިއްޒުގައި 13،000 މާބަނޑު އަންހެނުން ނުރައްކަލުގައި
ޔަމަނުގެ ސަރުކާރުގެ ފައުޖުތަކާއި ޙޫޘީންގެ ހަނގުރާމަވެރިންނާ ދެމެދު ބަދަލުކުރެވެމުންދާ ހަމަލާތައް ވަރުގަދަވެ، ތަޢިއްޒު ސިޓީ މުޅިން ހިސާރުކުރެވިފައިވާތީ، އެ ސިޓީގައި ދިރިއުޅޭ 13،000 އަށްވުރެ ގިނަ މާބަނޑު އަންހެނުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާކަމަށް އދގެ އާބާދީއާ ބެހޭ އިދާރާ (ޔޫ.އެން.އެފް.ޕީ.އޭ) އިން ބުނެފިއެވެ. އެ އިދާރާއިން ބުނީ، އެ ސަހަރުގައި އޮތް ނުރައްކާތެރި ހާލަތުގެ ސަބަބުން މާބަނޑު އަންހެނުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ސިއްހީ ފަރުވާއިން މަހުރޫމްވެފައިވާ ކަމަށެވެ. ތަޢިއްޒަށް ވަދެ…