Live 359,240 stories Updated Nov 4, 2026
Browse topics All stories

Latest stories

Live feed

ދިޔާ މިރްޒާގެ ދީވާލީ ވީޑިއޯ އަލުން އަޕްލޯޑުކުރަން ބޮމްބޭ ހައިކޯޓުން އަމުރުކޮށްފި

04 Nov 2026, 08:27 ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ދީވާލީ ފާހަގަކުރުމަށް އިލްތިމާސްކޮށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޔާ މިރްޒާ ތައްޔާރުކުރި ހޭލުންތެރިކަމުގެ ވީޑިއޯ ސޯޝަލް މީޑިއާއިން ނެގި މައްސަލައިގައި ބޮމްބޭ ހައިކޯޓުން ބްރިހަންމުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ)އަށް ވަރަށް ބޮޑަށް ފާޑުކިޔައި، އެ ވީޑިއޯ ވަގުތުން އަލުން އަޕްލޯޑުކުރުމަށް އަމުރުކޮށްފިއެވެ. އިންޑިއާގައި އެންމެ ގިނަ ބަޔަކު ފޯރީގައި ފާހަގަކުރާ މި ފެސްޓިވަލްގެ ތެރޭގައި ވައި ނުސާފުވުމާއި އަޑުގަދަވުން ކުޑަކުރުމަށް ބާރުއަޅައި ދިޔާ މިރ…

އޭއައި މޮޑެލްތައް އަމިއްލައަށް ތަރައްޤީވާން މަސައްކަތް ފަށައިފާނެ ކަމުގެ އިންޒާރު ދީފި

04 Nov 2026, 08:29 އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްތައް އަމިއްލައަށް ތަރައްގީވެ، އެތަކެތީގެ ކުރިއެރުން ހީނުކުރާހައި ބާރުމިނުގައި އަވަސްކުރަން ފަށައިފާނެ ދަނޑިވަޅަކާ ގާތްވެފައިވާ ކަމަށް އޭއައި ދާއިރާގެ މަޝްހޫރު ކުންފުނި އެންތުރޯޕިކުން އިންޒާރު ދީފިއެވެ. މި އިންޒާރު އެ ކުންފުނިން ދީފައި ވަނީ އެމެރިކާގެ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ) އަށް ހުށަހެޅި އައިޕީއޯ ފައިލިންގްގެ އިސްލާހުގައެވެ. އެންތުރޯޕިކުން ހުށަހެޅި ފޯމް އެސް-1 ގެ ފުރަތަމަ އިސްލާހުގައި ބުނެފައިވަނީ، ކުރިއަށް …

ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި

ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ 28 ވަނަ ބައްދަލުވުން، ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފު، ބައިވެރިވެވަޑައިގެންފިއެވެ. އެންޓީގާ އެންޑް ބާބިޔުޑާގައި ކުރިއަށްދާ މި ބައްދަލުވުމުގެ ފެށުމުގެ ރަސްމިއްޔާތުގައި ކޮމަންވެލްތުގެ އެންމެ އިސްވެރިޔާ، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ އާއި ކޮމަންވެލްތު ޤައުމުތަކުގެ ވަފުދުތައް ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި، އެންޓީގާ އެންޑް ބާބިޔުޑާގެ ބޮޑުވަޒީރާއި ކޮމަނ…

ރައީސްގެ ޔަގީންކަން: ގައުމީ އެއްވެސް ރުކުނަކަށް ކުޑަވެސް އުނިކަމެއް އަންނަ ކަމެއް ނުކުރާނަން

ރާއްޖޭގައި ޒަމާނުއްސުރެ އޮތް 100 ޕަސެންޓު އިސްލާމްވަންތަކަމާއި ދިވެހިންގެ ފުރިހަމަ މިނިވަންކަމާއި ދިވެހިންގެ އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް ކުޑަވެސް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ދެއްވައިފި އެވެ. އެ ޔަގީންކަން ރައީސް ދެއްވީ މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާލޭގެ ޖުމްހޫރީ މައިދާން ސަރަހައްދުގައި ބޭއްވި ހާއްސަ ޖަލްސާގަ އެވެ. "މި ތާރީހީ މައިދާނުގައި ހުރެ، އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވ…

ޗައިނާގެ ބައިޑޫ ކުންފުނިން ރޮބޯޓެކްސީތައް ތަމްރީނުކުރުމަށް އޭއައި މޮޑެލެއް ތައާރަފުކޮށްފި

03 Nov 2026, 23:35 ޗައިނާގެ ބައިޑޫ ކުންފުނިން ރޮބޯޓެކްސީތައް ތަމްރީނުކުރުމަށާއި މަގުމަތީގެ މާހައުލަށް އަންނަ ބަދަލުތައް ދެނެގަތުމަށް ޚާއްޞަކޮށްގެން އުފެއްދި އޭއައި ސިސްޓަމް "އެޕޯލޯ ވޯލްޑް" މިއަދު ތައާރަފުކޮށްފިއެވެ. މި ސިސްޓަމް ތައާރަފުކޮށްފައިވަނީ އަމިއްލައަށް ދުއްވާ އުޅަނދުތައް (އޮޓޮނޮމަސް ވެހިކަލް) ތަރައްގީކުރުމުގެ ޚަރަދު ކުޑަކުރުމަށް ކާރު އުފައްދާ ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. އެޕޯލޯ ވޯލްޑް ސިސްޓަމަށް ދުވާލަކު 100،000 ކިލޯމީޓަރު (62،000 މައިލް) އާ ހަމައަށް ދުއްވުން…

ނޮވެމްބަރު ތިނެއްގައި ރެކީ ޕެޓްރޯލަށް ނުކުތް 5 ބޭފުޅަކަށް ޝަރަފުގެ އައްޑަނަ ދެއްވައިފި

ނޮވެމްބަރު ތިނެއްގައި ދުޝްމަނުން އުޅޭ ގޮތް ބަލަން ސިފައިންގެ ހެޑްކުއާޓަރުން ބޭރަށް (ރެކީ ޕެޓްރޯލަށް) ނުކުތް ސިފައިންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި ފަސް ބޭފުޅަކަށް މިރޭ ޝަރަފުގެ އައްޑަނަ ދެއްވައިފި އެވެ. ނަސްރުގެ ދުވަސް ފާހަގަކުރަން ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުގެ އައްޑަނަ ދެއްވީ ރެކީ ޕެޓްރޯލަށް ނުކުތް ނުވަ ސިފައިންގެ ތެރެއިން ދުނިޔޭގައި މިހާތަނަށް ޝަރަފުގެ އައްޑަނަ ނުދެއްވައި ތިއްބެވި ފަސް ބޭފުުންނަށެވެ. ރެކީ ޕެޓްރޯލަށް ނުކުތް ނުވަ ބޭފ…

ނޮވެންބަރު ތިނެއްގައި ދުޝްމަނުންނާ ކުރިމަތިލުމަށް ސިފައިންގެއިން ނިކުމެވަޑައިގެންނެވި ފަސް ބޭފުޅަކަށް އައްޑަނަ

03 Nov 2026, 23:47 ނޮވެންބަރު ތިނެއް، 1988ގައި ދުޝްމަނުންގެ އުދުވާނީ ހަމަލާތަކާ ކުރިމަތިލުމަށް ރެކީ ޕެޓްރޯލަށް ސިފައިން ގެއިން ނިކުމެވަޑައިގެންނެވި ފަސް ބޭފުޅަކަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އައްޑަނަ ހަވާލުކޮށްދެއްވައިފިއެވެ. މިރޭގެ ރަސްމިއްޔާތުގައި އައްޑަނަ އެރުވީ، ރެކީ ޕެޓްރޯލަށް ނުކުމެވަޑައިގެން ނުވަ ބޭފުޅުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި ފަސް ބޭފުޅުންނަށެވެ. އޭގެ ތެރެއިން ޝަހީދުވި ތިން ސިފައިންނާއި އާންމުންގެ ހަނދާނަށް މިދިޔަ އަހަރު ވަނީ އައްޑަނަ އަރުވާފައެވެ. މިރޭގެ ޖަލްސާ…

ތަރައްގީގެ ނަތީޖާއަކީ "ތަހުޒީބު ރާއްޖެއަކަށް" ވުން: ރައީސް

ރާއްޖެއަށް މިހާރު ގެންނަމުންދާ ތަރައްްގީގެ ނަތީޖާއަަކީ "ތަހުޒީބު ރާއްޖެއަކަށް" ވުން ކަމަށާއި ތަސައްވުރަކީ އެއީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު އެހެން ވިދާޅުވީ، މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރަން ބޭއްވި ހާއްސަ ޖަލްސާގަ އެވެ. މާލޭގެ ޖުމްހޫރީ މައިދާން ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، ތަހުޒީބު ރާއްޖެއަކަށް ހެދުމަކީ ކޮންމެ ދިވެއްސެއްގެ ވެސް ތަސައްވުރެއް ކަމަށާއި ތަރައްގީއަކީ ވެސް ކޮންމެ ދިވެއްސެއްގެ ހައްގެއް ކަމަށެވެ. "ކުރިއަރަ…

ނަސްރުގެ ދުވަސް ހަނދާންކޮށްދެނީ އަމިއްލަ ފައިމައްޗަށް ތެދުވަން ޖެހޭކަން: މިނިސްޓަރު

03 Nov 2026, 22:30 ނަސްރުގެ ދުވަސް ހަނދާންކޮށްދެނީ، ގައުމީ މަސްހަތަށް އިސްކަންދީ، އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތް ކުރަން ޖެހޭކަން ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު މިރޭ ވިދާޅުވެއްޖެއެވެ. ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި މިނިސްޓަރު ވާހަކަދައްކަވަން ފެއްޓެވީ، ގައުމުގެ ދިފާއުގައި ނޮވެންބަރު ތިނެއްގައި މަސައްކަތް ކުރެއްވި އެންމެންނަށް ވަކިވަކިން ޝުކުރު އަދާކުރައްވަމުންނެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ގައުމީ ދިދަ މިނިވަންކަމާއެކު، މިއަދު ވިހުރެމުން އެ ދަނީ އެ ދުވަހު ދިވެހި ސިފަ…

އެމެރިކާގެ ތާއީދު ގެއްލިއްޖެނަމަ ދެން އަހަރެން ވާނީ އިސްރާއީލުގެ ބޮޑުވަޒީރަކަށް: ޓްރަމްޕް

03 Nov 2026, 22:43 ވޮޝިންޓަން (3 ނޮވެމްބަރު 2026): އެމެރިކާގައި ބާއްވާ ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގައި އޭނާގެ ރިޕަބްލިކަން ޕާޓީއަށް ތާއީދު ގެއްލި، އެމެރިކާގެ ރައްޔިތުން އޭނާ މަތިން ފޫހިވާކަން ހާމަވެއްޖެނަމަ އިސްރާއީލަށް ހިޖުރަކޮށް އިސްރާއީލުގެ ބޮޑުވަޒީރަކަށް ވެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. "ފޮކްސް ނިއުސް"އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ އިސްރާއީލުގެ 99 އިންސައްތަ މީހުންގެ ތާއީދު އޭނާއަށް އެބައޮތް ކަމަށެވެ. އެމެރިކާގެ ރައީސުންގެ ތެރެއިން …

ފުލުހުންގެ ކޮންސްޓަބަލް ވަޒީފާއަށް ފުރުސަތު ހުޅުވާލައިފި، 15،500 ރުފިޔާގެ މުސާރައެއް

03 Nov 2026, 22:51 ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮންސްޓަބަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ. މި ވަޒީފާގެ ފުރުސަތު ހުޅުވާލައި ފުލުހުންގެ އިދާރާއިން ގެޒެޓްކޮށްފައިވާ އިއުލާންގައި ބުނެފައިވާގޮތުން، ފުލުހުންގެ ކޮންސްޓަބަލް ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންނަށެވެ. އަދި ފިރިހެނަކު ނަމަ، އިސްކޮޅުން ފަސް ފޫޓް ފަސް އިންޗި އަދި އަންހެނަކު ނަމަ، އިސްކޮޅުގައި ފަސް ފޫޓް ދެ އިންޗި ހަމަވާން ޖެހެއެވެ. މީގެ އިތުރުން ޝ…

މިނިވަންކަމަށް ހީނަރުކަން ނުގެނެސް، މާލިއްޔަތަށް ގެނެވޭނެ އިންގިލާބީ ބަދަލުތަކާ ދިވެހީން ކުރިމަތިލާންޖެހޭ: ރައީސް

03 Nov 2026, 23:25 ގައުމުގެ މިނިވަންކަމުގެ ރަތް ރޮނގަށް ކުޑަވެސް ހީނަރުކަން ނާންނަކަން ކަށަވަރުވާ ގޮތަށް، ގައުމުގެ މާލިއްޔަތަށް ހެޔޮ އަސަރުކުރާނެ އިންގިލާބީ ބަދަލުތަކާ ދިވެހީން ކުރިމަތިލާން ޖެހޭ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، ދުނިޔޭގެ އެކި ގައުމުތައް މިނިވަން ކަމާއެކު ކުރިއަރާ މަންޒަރު ބަލަން ނުތިބެ، އެންމެ ފުރަތަމަ ގައުމުގެ ފިކުރު ކުރިއަށް ނެރެން ޖެހޭ ކަމަށެވެ. "އަޅުގަނޑުމެންގެ ގައުމ…

Loading fresh headlines…