ދަނޑުމަތީ ލިބުނު އަނިޔާއަކާއެކު ޓެނެރީފޭގެ ފޯވަޑް ހޭސުސް މަރުވެއްޖެ
ސްޕެނިޝް ދެވަނަ ޑިވިޜަންގައި ސީޑީ ޓެރެނީފޭ އާއި އެފްސީ އަންޑޯރާގެ މެދުގައި ކުޅުނު މެޗުގައި ޓެރެރީފޭގެ ފޯވަޑް ހޭސުސް ޑެ މިގުއެލް އަލަމޭޑާ އާއި އެންޑޯރާގެ ކީޕަރު ހޭސުސް އޮވޯނޯ ޖެހި ލިބުނު އަނިޔާ އަކާއި ގުޅިގެން ހޭސުސް މަރުވެއްޖެއެވެ. އިއްޔެ ކުޅުނު މިމެޗުގައި ހޭސުސްއަށް އަނިޔާވީ އެންޑޯރާ ހާފްގެ ތެރެއިން އޮވޯނޯ ބޯޅައެއް ދިފާއު ކުރުމުގެ ތެރޭގައި އޭނާގެ ކަކުލުން ހޭސުސްގެ މޭމަތީ ވަރަށް ބާރަށް ޖެހި ލިބުނު އަނިޔާ އާގުޅިގެންނެވެ. މިހާދިސާއާއެކު ހޭސުސް ދަނޑު މައްޗަށް ވެއްޓި ހަރަކާތެއް ނެތިފައިއޮތް އިރު ދެޓ…