Live 359,240 stories Updated Nov 4, 2026
Browse topics All stories

Latest stories

Live feed

އިންތިޚާބުން ނާކާމިޔާބުވީ އީރާން ހަނގުރާމައިގެ ސަބަބުން: ޓްރަމްޕް

04 Nov 2026, 13:01 އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީގައި އީރާނާއެކު ކުރިއަށްދާ ހަނގުރާމައިގެ އަސަރު ފޯރާފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވެވަޑައިގެންފިއެވެ. މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އިންތިޚާބުން ނުކުތް ހިތި ނަތީޖާގެ މައިގަނޑު އެއް ސަބަބަކީ އީރާނުގެ މައްސަލަ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ޚާއްސަކޮށް ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އާދަޔާޚިލާފަށް އުފުލި، އާންމުންގެ ދިރިއުޅުމުގެ ޚަރަދުތ…

ދައުލަތުގެ ޚަރަދު 38.99 ބިލިއަނަށް، މުސާރަ އަށް ކުރި ޚަރަދު 14.7 އިންސައްތަ އިތުރުވެ 6.15 ބިލިއަން ރުފިޔާއަށް!

29 އޮކްޓޫބަރ 2026 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު 38.99 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފި އެވެ. އެ މިނިސްޓްރީ އިން އާންމު ކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ބުނީ ޚަރަދުތަކަށް ބަލާއިރު، 29 އޮކްޓޫބަރ 2026 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ 38.99 ބިލިއަން ރުފިޔާގައި ކަމަށެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 16.2 އިންސައްތައިގެ އިތުރުވުމެއް ކަމަށް މިނިސްޓްރީ އިން ބުނެ އެވެ. މީގެ ތެރެއިން ހިނގަމުންދާ…

ވަޒީރު ސަޢީދުގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ހުށަހެޅުއްވި، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ. ވަޒީރު ސަޢީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހަޅުއްވާފައިވަނީ މިދިޔަ އޮގަސްޓު މަހެވެ. ވަޒީރުގެ އިތުބާރު އޮތްކަމަށް 54 މެންބަރުން ވޯޓު ދެއްވި އިރު، އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ. ވަޒީރު ސަޢީދުގެ އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމުން ވަކިކުރަން އިދިކޮޅު އެމްޑީޕީގެ 13 މެންބަ…

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި

04 Nov 2026, 13:17 ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ. މިއީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް)ގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައާރަފްކުރި މިފަދަ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ. ދިރާގުން ބުނި ގޮތުގައި މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުމެވެ. އަދި މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށ…

މާލޭ ސިޓީކައުންސިލްގެ ބިންތައް ނެގި މައްސަލާގައި ހުށަހެޅި ގަރާރު މަޖިލީހުން ބޭރުކޮށްލައިފި

މާލޭ ސިޓީކައުންސިލްގެ 14 ބިމެއް މާލޭ ސިޓީކައުންސިލުން ވަކިކޮށް، ސަރުކާރުގެ މިލްކިއްޔާތުގެ ގޮތުގައި ނިންމި ނިންމުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބަލަން ގަލޮޅުދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ. އެ ގަރާރު މަޖިލީހަށް ބަލައިގަތުމާ މެދު ގޮތެއް ނިންމަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތް 63 މެންބަރުންގެ ތެރެއިން 51 މެންބަރުން ވޯޓުދެއްވީ ގަރާރު ބަލައިގަންނަނ…

ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 2 ބިލިޔަން ރުފިޔާ

މި އަހަރުގެ މިހާތަނަށް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 2 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް ކައުންސިލްތަކަށް އެންމެ ބޮޑު ބްލޮކް ގްރާންޓެއް ދިނުމަށް ބަޖެޓުކޮށްފައިވާ އަހަރެވެ. މާލީ ވުޒާރާއިން އާންމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުގައިވާ ގޮތުން، މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލް ގްރާންޓުގެ ގޮތުގައި 2 ބިލިއަން ރުފިޔާ ވަނ…

ފީވަކު ނަރުދަމާ މަޝްރޫއު: ޕަމްޕް ސްޓޭޝަންގައި ފެންސެއް ޖަހައި ކަޅުދާ ކޮޅެއް ޖެހުން ފިޔަވައި އެހެން މަސައްކަތެއް މި ސަރުކާރުން ނުކުރޭ

ށ. ފީވަކު ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއުގައި މިހާރުގެ ސަރުކާރުން ޕަމްޕް ސްޓޭޝަންގައި ފެންސެއް ޖެހުމުން ފިޔަވައި އެހެން އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށް ފީވަކު ކައުންސިލުން ބުނެފި އެވެ.ރާއްޖެޓީވީއާ ވާހަކަދައްކަމުން ފީވަކު ކައުންސިލުން ހާމަކުރި ގޮތުގައި މި މަޝްރޫއަކީ މިހާރުގެ ސަރުކާރުން ފީވަކުގައި ނިންމާފައިވާ މަޝްރޫއެއް ދައްކަން އެދުމުން ކައުންސިލުން ދެއްކި މަޝްރޫއެކެވެ. ނަމަވެސް އެތަނަށް ބަލާއިރު މިހާރުގެ ސަރުކާރުން އެޅި ފެންސެއް ފިޔަވައި އިތުރު އެއްވެސް އެއްޗެއް ފެންނާކަށް ނެތް ކަމަށް…

އެމެރިކާގެ އިންތިޚާބާއި ބައިނޭންސް ހެކްކުރުމާއެކު ކްރިޕްޓޯގެ އަގުތައް ވެއްޓިއްޖެ

04 Nov 2026, 13:21 އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ޤާނޫނުހަދާ މަޖިލީހުގެ ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓިކް ޕާޓީން ހޯދުމާއި، ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް ކަމަށްވާ ބައިނޭންސް އަށް ދިން ހެކިން ހަމަލާއާ ގުޅިގެން ކްރިޕްޓޯކަރަންސީ މާކެޓަށް ބޮޑު ލޮޅުމެއް އައިސް، އަގުތައް ދަށަށް ގޮސްފިއެވެ. ޑިޖިޓަލް އެސެޓްތަކުގެ ޤަވާއިދުތައް ލުއިކުރުމަށް ވަކާލާތު ކުރަމުންދާ ކްރިޕްޓޯ ސިނާއަތަށް މި ނަތީޖާއަކީ ލިބުނު ބޮޑު ގޮންޖެހުމެކެވެ. ކްރިޕްޓޯ ކުންފުނިތަކަށް ޤާނޫނީ ގޮ…

މާރަންދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއިއެކު ކުރިއަށް

އާބާދީގައި 1100 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ހދ. މާރަންދޫގެ ބަނދަރުގެ ޖާގައިގެ ދަތިކަމަކީ، އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އަންނަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެން އެރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ބާރު ދުވެއްޔެއްގައި ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ، ޝީޓް …

ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ސަލީމް، ނައިބަކަށް ފަޒާދް

ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސަލީމް އަދި ނައިބު މުގައްރިރަކަށް ފުވައްމުލަކު މެދު ދައިރާގެ މެންބަރު އަލީ ފަޒާދު އިންތިހާބު ކޮށްފިއެވެ. އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ވަނީ 59.7 ބިލިޔަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ހުށަހެޅުއްވީ، މިދިޔަ އޮކްޓޫބަރު 29 ގައެވެ. މިއަދު ބޭއްވި ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރު އައްޔަނުކޮށ…

މިސްކިތަށް ގެއްލުންދީގެން ހައްޔަރުކުރި މީހާ ހުކުމް ތަންފީޒުކޮށް ނިމުމުން ދޫކޮށްލައިފި

މާލޭގެ ފުރުގާން މިސްކިތުގެ ތެރެއަށް ގަޟާހާޖާ ކޮށްގެން މި ފަހުން ހައްޔަރުކުރި މީހާ ހުކުމް ތަންފީޒުކޮށް ނިމުން ދޫކޮށްލައިފި އެވެ. މިސްކިތުގެ ހުރުމަތް ކަނޑައިގެން ހައްޔަރުކުރީ، ގ. މާލޭހިޔާ، 2 02-13، ނައުޝާދު މޫސާ އެވެ. އުމުރުން 32 އަހަރުގެ އެ މީހާ ހައްޔަރުކުރީ މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް ހިންގައި، އެ ތަނުގެ ތެރެއަށް ގަޟާހާޖާކުރި ކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ. އޭރު އޭނާގެ ބަންދަށް ދިން 15 ދުވަހުގެ މުއްދަތު ހަމަވެ ދެވަނަ ފަހަރ…

މިސްކިތަކަށް ގެއްލުންދިން މައްސަލައިގައި ކުށް ސާބިތުވިއިރު، ބަންދުގައި ހުރި މުއްދަތު ހުކުމަށްވުރެ އިތުރުވެފައިވާތީ ތަންފީޒުކުރަންޖެހޭ އަދަބެއް ނެތް!

މިސްކިތަކަށް ގެއްލުންދިން މައްސަލައެއްގައި ދައުވާ އުފުލާފައިވާ ނައުޝާދު މޫސާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ޖަލު ހުކުމެއް އިއްވައިފި އެވެ. މި މައްސަލައިގައި ފުލުހުން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ނައުޝާދު މޫސާގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ 2026 ނޮވެންބަރު 1 ވަނަ ދުވަހު އެވެ.ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، މިސްކިތަށް ގެއްލުންދިން މައްސަލައިގައި ނައުޝާދު މޫސާގެ މައްޗަށް ކުށް ސާބިތުވާތީ، އޭނާ 1 މަ…

Loading fresh headlines…