Live 359,231 stories Updated Nov 4, 2026
Browse topics All stories

Latest stories

Live feed

ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް މި ފަހަރު ވެސް ސަލީމް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުން އެކުލަވައިލި ވަގުތީ ކޮމިޓީގެ މުގައްްރިރަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މި އަހަރު ވެސް ހޮވައިފި އެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ، ބަޖެޓް ހުށަހަޅުއްވައި ނިންމެވުމުން ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަނޑައެޅުއްވީ ބަޖެޓް ދިރާސާ ކުރާނީ މާލިއްޔަތު ކޮމިޓީ އާ…

ޔޫތު އޮލިމްޕިކްސް: ލޫތު 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައި ފަތައިފި

ސެނެގާލްގެ ޑާކާގައި ކުރިއަށްދާ ޔޫތު އޮލިމްޕިކްސް 2026 ގެ ފިރިހެނުންގެ 100މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައި ރާއްޖޭގެ ލޫތު މުޙައްމަދު ހުސައިން ވާދަކޮށްފިއެވެ. އަންގާރަދުވަހު ލޫތު 100 މީޓަރު ބްރެސްޓްސްޓްރޯކް ހީޓް ދޭއްގައި ވާދަކޮށްފައިވާއިރު، އޭނާ ހީޓް ނިންމާފައިވަނީ އެއް މިނެޓް، 11.50 ސިކުންތުން، ހީޓްގެ ހަތްވަނައިގައެވެ. ފިރިހެނުންގެ 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑު މިހާރުވެސް ދަމަހައްޓަމުން އަންނަނީ ލޫތުއެވެ. އޭނާ މި ރިކޯޑް ހަދާފައިވަނީ މިއަހަރު ކުރިއަށްދިޔަ ކޮމަންވެލްތު ގޭމ…

ރާއްޖެއަށް ކުރި ދަތުރުގައި ލިބުނު މެހެމާންދާރީއަށް އިންޑިއާގެ ސުޕަސްޓާރު މޯހަންލާލްގެ ތައުރީފް

04 Nov 2026, 14:10 ރާއްޖޭގެ ލަގްޒަރީ ރިސޯޓެއް ކަމަށްވާ ކުޑަ ވިލިނގިލި ރިސޯޓުގައި ހޭދަކުރި ޗުއްޓީއަށްފަހު، އެ ރިސޯޓުގެ ހިތްގައިމު މާޙައުލަށާއި ފުރިހަމަ މެހެމާންދާރީއަށް އިންޑިއާގެ މަލަޔާލަމް ސިނަމާގެ ލެޖެންޑަރީ އެކްޓަރު މޯހަންލާލް ވަރަށް ބޮޑަށް ތަޢުރީފުކޮށްފިއެވެ. ރާއްޖޭގައި ހޭދަކުރި އުފާވެރި ދުވަސްތަކުގެ ހަނދާންތައް ހިއްސާކުރަމުން މޯހަންލާލް ބުނީ، ކުޑަ ވިލިނގިލީގައި އޭނާ ހޭދަކުރި ތިން ދުވަހަކީ ހިތުން ދުވަހަކުވެސް ފޮހެވިގެން ނުދާނޭ ފަދަ އާދަޔާ ޚިލާފު އަދި އެހާމެ ހިތްގައިމު ތަޖުރިބާއެއް ކަމަށެވެ. …

އެމެރިކާގެ ސެނެޓަށް ފުރަތަމަ ފަހަރަށް މުސްލިމަކު އިންތިހާބުވެއްޖެ

ބޮޑެތި މަހުޖަނުންގެ ހޭދަތަކާއި، ޕާޓީގެ އެތެރޭގެ ހިޔާނާތްތަކާއި އަދި ފަހު ވަގުތު ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކުން ސަލާމަތްވެ، ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަބްދުލް އަލް-ސައީދު އެމެރިކާގެ ސެނެޓްގެ މުހިންމު ގޮނޑިއެއް ކާމިޔާބު ކުރައްވައިފި އެވެ. މިއީ އެމެރިކާގެ ތާރީހުގައި ވެސް މުސްލިމަކު ސެނެޓަށް އިންތިހާބުވި ފުރަތަމަ ފަހަރެވެ. ރިޓަޔާ ކުރައްވާ ސެނެޓަރު ގެރީ ޕީޓާސްގެ ބަދަލުގައި، މިޝިގަންގެ ހުސްވެފައިވާ ސެނެޓް ގޮނޑި އަބްދުލް ކާމިޔާބު ކުރެއްވީ، ރިޕަބްލިކަން ކެންޑިޑޭޓް އަދި ކުރީގެ ގާނޫނު ހަދާ މަޖިލީ…

ސަރަހައްދީ ގައުމުތަކަށް އަމާޒުކޮށް ކްލެސިފިކޭޝަން ވޯކްޝޮޕެއް ރާއްޖޭގައި ބާއްވަނީ

ސަރަހައްދީ ޤައުމުތަކަށް އަމާޒުކޮށް ކްލެސިފިކޭޝަން ވޯކްޝޮޕެއް ރާއްޖޭގައި ބާއްވަން ތައްޔާރުވެއްޖެއެވެ. މި ވޯކްޝޮޕަކީ މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއާއި ކުޅިވަރު ވުޒާރާގެ އިތުރުން ކޮރެއަން ޕެރަލިމްޕިކް ކޮމިޓީ (ކޭޕީސީ)ގެ އެހީތެރިކަމާއެކު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ވޯކްޝޮޕެކެވެ. މިމަހުގެ 16 އިން 18 އަށް މާލޭގައި ކުރިއަށްދާ މި ވޯކްޝޮޕްގައި ރާއްޖޭގެ އިތުރުން، ނޭޕާލް، ޕާކިސްތާން، ބޫޓާން، އިންޑިއާ އަދި ސްރީލަންކާއިން އޮފިޝަލުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި މި ޤައުމުތަކުން ފެސިލިޓޭޓަރުންގެ ގޮތ…

މި ސަރުކާރަށް އިތުރު 15 އަހަރު ދީފިނަމަ ޑޮލަރު ރޭޓު ހުންނާނީ 10 ރުފިޔާގައި: ފަލާޙް

04 Nov 2026, 14:20 ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް އިތުރު 15 އަހަރު ލިބިއްޖެނަމަ ޑޮލަރުގެ ރޭޓު ހުންނާނީ 10 ރުފިޔާއަށް ތިރިވެފައި ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް މިއަދު ވިދާޅުވެއްޖެއެވެ. އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލައަށް ބަހުސްކުރައްވަމުން ފަލާޙް ވިދާޅުވީ، ޑޮލަރުގެ އަގު ބޮޑުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރު…

މޯލްޑިވްސް ސްވިމް ފޯރ ޑަޔަބެޓީޒްގައި ބައިވެރިވުމުގެ ފުރުސަތު އެންމެންނަށް

ޑަޔަބެޓީޒް ސޮސައިޓީ އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް ސްވިމް ފޯރ ޑަޔަބީޓީޒް 2026" ގައި ބައިވެރިވުމުގެ ފުރުސަތު އެންމެންނަށް ހުޅުވާލައިފިއެވެ. މިއީ މިމަހުގެ 14 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިއުމަށް ރާވާފައިވާ ހަރަކާތެކެވެ. މި ހަރަކާތަކީ ޑަޔަބެޓީޒް ސޮސައިޓީ އޮފް މޯލްޑިވްސްއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގުޅިގެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ. މި ހަރަކާތުގައި ބައިވެރިވުމުގެ…

ވިޒިޓް މޯލްޑިވްސް އިޔާ 2027 އިފްތިތާހުކޮށްފި

ލަންޑަނުގައި މިހާރު ކުރިއަށްދާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ފެއާގައި ވިޒިޓް މޯލްޑިވްސް އިޔާ 2027 ކެމްޕެއިން ލޯންޗުކޮށްފި އެވެ. ޑަބްލައިއުޓީއެމްގައި މި ކެމްޕެއިން ލޯންޗުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާސިރެވެ. މި ކެމްޕެއިން އިފްތިތާހު ކޮށްދެއްވައި ޑަބްލިއުޓީއެމްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ "ވިޒިޓް މޯލްޑިވްސް އިޔާ 2027 – ސެލެބްރޭޓް ދަ ސަނީ ސައ…

ކިއުއެސް އޭޝިއާ ޔުނިވާސިޓީ ރޭންކިންގައި އެމްއެންޔޫ

ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ "ކިއުއެސް އޭޝިއާ ޔުނިވާސިޓީ ރޭންކިންސް 2027" ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ، އެމްއެންޔޫ ފުރަތަމަ ފަހަރަށް ހިމެނި، ތާރީޚީ ކާމިޔާބީއެއް ހާސިލުކޮށްފިއެވެ. މި ރޭންކިންގައިވާ ގޮތުން އެމްއެންޔޫ ވަނީ، މުޅި އޭޝިއާ ސަރަޙައްދުގެ 1101 އާއި 1200 އާ ދެމެދުގެ ބޭންޑުގައި ހިމެނިފައެވެ. އަދި ދެކުނު އޭޝިއާގެ ގަދަ 400 ޔުނިވާސިޓީގެ ތެރޭގައި ހިމެނިފައިވާއިރު، ރާއްޖޭގެ ޔުނިވާސިޓީތަކުގެ ތެރެއިން އެމްއެންޔޫ ވަނީ މި ރޭންކިންގެ އެއްވަނަ މަޤާމު ކަށަވަރުކޮށްފައެވެ. އެމްއެ…

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި

"ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ. މިއީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް)ގެ ދަށުން، ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައާރަފްކުރި މިފަދަ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުމެވެ. އަދި މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް އެކި ތަމްރީނު ލިބި، ވަޒީފާގެ މާހައު…

މަސްވެރިންގެ ދުވަހުގެ އެވޯޑުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މަސްވެރިންގެ ދުވަހުގައި ދިނުމަށް ނިންމާފައިވާ ހާއްސަ އެވޯޑުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ. މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު 10 ގަ އެވެ. މި އަހަރުގެ މަސްވެރިންގެ ދުވަހުގައި ހަތަރު އެވޯޑެއް ދިނުމަށް ހަމަޖެހިފައިވާއިރު، އެ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީއިން އިތުރުކޮށްފައިވަނީ ނޮވެންބަރު މަހުގެ ހަތްވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. މިއަހަރު ދިނުމަށް ހަމަޖެހިފައިވާ އެވޯޑުތަކުގެ ތެރޭގައި ހިމެނެނީ އެންމެ ހިދުމަތްތެރި…

އިންތިހާބުން ނާކާމިޔާބުވީ އީރާނު ހަނގުރާމައިގެ ސަބަބުން: ޓްރަމްޕް

އެމެރިކާގެ މިޑްޓަރމް އިންތިހާބުގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީގެ ފަހަތުގައި އީރާނު ހަނގުރާމައިގެ ދައުރެއް އޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ވިދާޅުވެފައި މިވަނީ، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އަދި ސެނެޓްގެ އަޣުލަބިއްޔަތު އިދިކޮޅު ޑިމޮކްރެޓުން ހޯދައި، ރައީސްގެ ސިޔާސަތުތައް ހުއްޓުވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ފޮކްސް ނިއުސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، ކޮންގްރެސްއިން…

Loading fresh headlines…