ޓީޖީއެސްޓީއިން ލިބުނު އާމްދަނީ 5 އިންސައްތަ އިތުރުވެއްޖެ
ދައުލަތުގެ އާމްދަނީގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތްތަކުން ނެގޭ ޓެކްސް (ޓީޖީއެސްޓީ) އިން ލިބުނު އާމްދަނީ 5 އިންސައްތަ އިތުރުވެއްޖެއެވެ. މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އިން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުގައި ދައުލަތުގެ އާމްދަނީ ވަނީ 34.52 ބިލިއަން ރުފިޔާއަށް އަރައިފައެވެ. ޓީޖީއެސްޓީއިން ލިބުނު އާމްދަނީ 5 އިންސައްތަ އިތުރުވެފައި ވާއިރު، 29 އޮކްޓޫބަރ 2026 ގެ ނިޔަލަށް ދައުލަތަށް ޖ…