Live 359,231 stories Updated Nov 5, 2026
Browse topics All stories

Latest stories

Live feed

އެމެރިކާއިން އީރާނާ ދެކޮޅަށް ގެންގުޅޭ އަދާވާތްތެރިކަމަށް ބަދަލެއް ނާންނާނެ

އެމެރިކާގެ ސިޔާސީވެރިން ބަދަލުވި ނަމަވެސް އަދި އެމެރިކާ ހިތްހަމަޖެހޭ ފަދަ ގޮތަކަށް އީރާނުން އެ ގައުމަށް ދޫ ދީން ނަމަވެސް، އީރާނާމެދު އެމެރިކާއިން ގެންގުޅޭ އަދާވާތްތެރި ކަމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އީރާނުގެ އެންމެ އިސްވެރިޔާ މުޖުޠަބާ ޚާމަނާއީ ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވީ އެމެރިކާގެ މެދު ދައުރުގެ އިންތިހާބުގައި ރިޕަބްލިކަނުންގެ މައްޗަށް ޑިމޮކްރަޓުން ކުރި ހޯދުމާ ގުޅިގެންނެވެ. ޚާމަނާއީ ވިދާޅުވީ އެމެރިކާއިން އީރާނާ މެދު އަމަލުކުރާ ގޮތަށް ބަދަލެއް އަތުވެދާނެ ކަމަށް ގަބޫލުކުރުން ވ…

"މޯލްޑިވްސް އެކްސްޕޯ"ގެ ނަން ބޭނުންކުރުން ހުއްޓުވަން ހުށަހެޅި މައްސަލައިގައި، އެކްސްޕޯ ނިމުނު ފަހުން ހުކުމެއް

04 Nov 2026, 19:55 ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ބޭއްވި "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު" ގައި "މޯލްޑިވްސް އެކްސްޕޯ" ގެ ނަން ބޭނުންކުރުން ހުއްޓުވުމަށް އެދި އަމިއްލަ ކުންފުންޏަކުން ހުށަހެޅި ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ. މި އަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒު ބާއްވައިފައިވަނީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށެވެ. އެ އެކްސްޕޯއާ ގު…

އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސް ފަށައިފި

04 Nov 2026, 20:06 އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އިން އިންތިޒާމުކުރާ އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސް މިއަދު ފަށައިފިއެވެ. ދެ ދުވަހަށް ކުރިއަށްދާ މި ކޮންފަރެންސަކީ، ރައްކާތެރި އަދި ދުޅަހެޔޮ މަސައްކަތުގެ މާހައުލެއް ގާއިމުކުރުމަށް ބާރުއެޅުމުގެ ގޮތުން، ދާއިރާގެ އިސްވެރިންނާއި ތަޖުރިބާކާރުންނާއި ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުން އެއްތަނަކުން ބައްދަލުވެ މަޝްވަރާކުރުމަށް ބާއްވާ ހަރަކާތެކެވެ. މި ހަކަރާތް ފެށުމަށް ހިތަދޫ ހައި ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ…

އެމެރިކާގެ މާލީ އެހީ ކަނޑާލުމުން ޔަހޫދީންނަށް ހައިރާންކަން

އަހަރަކު 3.8 ބިލިޔަން ޑޮލަރުގެ އެމެރިކާގެ އަސްކަރީ އެހީ މި އަހަރު ނިމުމުގެ ކުރިން ކަނޑާލާނެކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރެއްވުމާ ގުޅިގެން، ޔަހޫދީ ދިފާއީ ވުޒާރާއަށާއި އަސްކަރިއްޔާއަށް ބޮޑު ސިހުމެއް ލިބި، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ސިޔާސީ ގޮތުން ބޮޑެ ހާސްކަމަކާއި ކުރިމަތިލާން ޖެހިއްޖެއެވެ. އިދިކޮޅު އިސް ލީޑަރެއް ކަމަށްވާ ގަދީ އައިޒެންކޮޓް ވިދާޅުވީ، ދިފާއީ ގޮތުން ނިންމާ މިފަދަ ނާޒުކު އަދި ބޮޑު ނިންމުމެއްގެ މައުލޫމާތު މީޑިއާގެ ޒަރީއާއިން އިދާރާތަކަށް އެނގެން ޖެހުމަކީ ޤައުމީ ސަލާ…

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ބޭފުޅަކު ހޯދަން އިއުލާންކުރީ އެ ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރިޓަޔާވާން ހުށަހެޅުއްވުމުން ރިޓަޔާކޮށްދޭން ޖޭއެސްސީން ނިންމާފައިވާތީ އެވެ. ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ސުޕްރީމް ކޯޓ…

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބާއްވާ ބޮޑު އެއްވުން މި މަހުގެ 13 އަށް ފަސްކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރަސްމާލޭގެ ބޮޑު ބައެއް އީގަލް ހިލްސްއަށް ދާއިމީކޮށް ދޭ ކަމަށް ބުނެ، އެ މަޝްރޫއާ ދެކޮޅަށް ބާއްވަން ނިންމި ބޮޑު އެއްވުން މި މަހުގެ 13 ވާ ހުކުރު ދުވަހަށް ފަސްކޮށްފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝެއިޚް އިމްރާން ވިދާޅުވީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކާ ނުލައި އެ މަޝްރޫއު ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ކުރިން މި މަހުގެ 6 ވާ ހުކުރު ދުވަ…

ރަސްމާލެ މަޝްރޫއާ މެދު އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގަން ގޮވާލައި، އެއްވުން ބޭއްވުން ފަސްކޮށްފި

04 Nov 2026, 19:03 ރަސްމާލެ މަޝްރޫއާމެދު އާންމުންގެ ޚިޔާލު ހޯދަން ގޮވާލާ 'ދިވެހީންގެ ބިން ދިވެހީންނަށް' ހަރަކާތުން ބާއްވަން ނިންމި އެއްވުން ފަސްކޮށްފިއެވެ. މި އެއްވުން އެންމެ ފުރަތަމަ ބާއްވަން ނިންމާފައި އޮތީ، އަންނަ ހުކުރު ދުވަހެވެ. މިއަދު އެ ހަރަކާތުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ، މި އެއްވުމުގައި ރަސްމީކޮށް އެމްޑީޕީންނާއި އިތުރު މީހުން ބައިވެރިވުމަށް ބޭނުންވާ ކަމަށެވެ. އެހެންވެ، އެއްވުން އިތުރަށް ބޮޑުކުރުމުގެ ގޮތުން މި މަހުގެ 13 ވަނަ ދުވަހ…

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ރިޓަޔަރކުރައްވާތީ އެމަޤާމަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ރިޓަޔަރކުރެއްވުމަށް ނިންމެވުމާއި ގުޅިގެން އެކޯޓުގެ ފަނޑިޔާރުކަމަށް ހުޅުވާލައިފިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ވިދާޅުވީ 01 ޑިސެންބަރު ފެށިގެން ޝަރަފުވެރިކަމާއެކު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން މަޤާމުން ރިޓަޔަރކުރެއްވުމަށް އެދިވަޑައިގެންފައިވާތީ، ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދު ގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެދިވަޑައިގެންނެވި ގޮތަށް ފަނޑިޔާރޔުކަމުން ޝަރަފުވެރިކަމާއިއެކު ރިޓަޔަރކޮށްދެއްވުމަށް އެކޮމިޝަނުން …

އީގަލް ހިލްސް އެއްބަސްވުން 2028 ގެ އައު ސަރުކާރުން ބަދަލެއް ނުދީ ބާތިލުކުރާނެ: ޝެއިޚް އިމްރާން

ރަސްމާލެ ތަރައްގީ ކުރުމަށް އީގަލް ހިލްސްއާ އެކު ވެވޭ އެއްބަސްވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސޮއިކުރި ނަމަވެސް، 2028 ވަނަ އަހަރު ރާއްޖޭގައި އުފެދޭ އައު ސަރުކާރަކުން އެ އެއްބަސްވުން ބާތިލުކުރާނެ ކަމަށާއި އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝެއިޚް އިމްރާން ވިދާޅުވީ، ރަސްމާލޭގެ ބޮޑު ބައެއް އީގަލް ހިލްސްއަށް ދާއިމީކޮށް ދީފައިވާ ކަމަށް ބުނާ މައްސަލައި…

"މި ސަރުކާރަށް އިތުރު 15 އަހަރު ދީފިނަމަ ޑޮލަރު ރޭޓު ހުންނާނީ 10 ރުފިޔާގައި"

ޕީއެންސީގެ ސަރުކާރު 10 އަހަރު ނުވަތަ 15 އަހަރަށް ދެމިގެން ގޮސްފިނަމަ ޑޮލަރު ރޭޓް 10 ރުފިޔާއަށް ދަށްވާނެ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރުނެތް ކަމަށް ބުނެ އޭނާ މަގާމުން ވަކިކުރަން އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލައަށް ބަހުސްކުރައްވަމުން ފަލާހު ވިދާޅުވީ ޑޮލަރުގެ އަގު މައްޗަށްދިޔައީ ކުރީގެ ރައީސް އިބްރާހީމް މުޙަ…

ހޫޘީންނާ ދެކޮޅަށް ޔަމަނުގެ އަސްކަރިއްޔާއިން 1208 ހަމަލާ

ޔަމަނުގެ އަސްކަރިއްޔާއިން 1،208 ހަމަލާތަކެއް ހިންގައިފިއެވެ. ޔަމަނުގެ ރަސްމީ އަސްކަރިއްޔާއިން ހިންގި 1،208 ހަމަލާތަކުގައި، ހޫޘީ ހަނގުރާމަވެރި ޖަމާއަތުގެ އިސް 370 ކޮމާންޑަރުންނާއި ގިނަ އަދަދެއްގެ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް އެ ޤައުމުގެ ދިފާއީ ބާރުތަކުން ހާމަކޮށްފިއެވެ. ޔަމަނުގެ އަސްކަރިއްޔާއިން މައުލޫމާތު ދީފައިވާ ގޮތުގައި، 'އޮޕަރޭޝަން ޑޯން އޮފް ޔަމަން' ގެ ނަމުގައި ކުރިއަށްގެންދާ މި ޚާއްޞަ އަސްކަރީ ޙަރަކާތްތަކުގައި، ހަނގުރާމަމަތީ މަތިންދާބޯޓާއި، ޑްރޯންގެ އިތުރުން ފީލްޑް އާޓިލަރީ އަދި ރޮކެ…

ވަށާ ޖެހޭ ބޯހިޔާވަހިކަމެއް ރައްޔިތުންނަށް ހޯދައިދިނުމުގެ މަސައްކަތަކީ އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާނެ ކަންތައް: ފައިސަލް

ވަށާ ޖެހޭ ބޯހިޔާވަހިކަމެއް ރައްޔިތުންނަށް ހޯދައިދިނުމުގެ މަސައްކަތަކީ އެމަނިކުފާނުގެ ވެރިކަމެއްގައި އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާނެ ކަންތައް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. ފައިސަލް މިފަދައިން ވިދާޅުވެފައި ވަނީ ގަލޮޅު އުތުރު ދައިރާގެ ގެތަކަށް ޒިޔާރަތް ކުރެއްވުމަށްފަހު ދެއްވި އިންޓަވިއުގަ އެވެ. އެގޮތުން ފައިސަލް އަދި މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވަނީ ބުދަ ދުވަހު ހަވީރު އެ ދައިރާގެ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އައްސަވާފަ އެވެ.…

Loading fresh headlines…