ކޯމޯ އިން ޗެމްޕިއަންސް ލީގުގައި ލެންސް ކޮޅަށް ނުވަ ގޯލު ޖަހައިފި
ޗެމްޕިއަންސް ލީގުގައި ރޭ ފްރާންސްގެ ލެންސް އަތުން 9-1 އިން މޮޅުވެ އިޓަލީގެ ކޯމޯ އިން މުބާރާތުގައި އެންމެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވުމުގެ ރެކޯޑާ ހަމަކޮށްފި އެވެ. މިހާރުގެ ފޯމެޓަށް 1992 ވަނަ އަހަރު މި މުބާރާތް ފެށި ފަހުން މިހާ ފަރަގު ބޮޑުކޮށް މީގެ ކުރިން މޮޅުވީ އިންގްލެންޑުގެ ލިވަޕޫލާއި، ސްޕެއިނުގެ ރެއާލް މެޑްރިޑުންނެވެ. ލިވަޕޫލުން 2007 ގައި ބެސިކްޓަސް އަތުން މޮޅުވީ 8-0 އިންނެވެ. އަދި ހަމަ އެ ސްކޯލައިނުން ރެއާލް މެޑްރިޑް 2015 ގައި މޮޅުވީ މަލްމޯ އަތުންނެވެ. ކޯމޯ ވެފައިވަނީ ޗެމްޕިއަންސް ލީގުގައި…