Live 359,231 stories Updated Nov 5, 2026
Browse topics All stories

Latest stories

Live feed

ދެވަނަ ބޮޑު ހަނގުރާމައިގެ ތެރެއިން އުފަންވި 80 އަހަރުވީ އެކުވެރިކަން: އުމުރުން 109 އަހަރު ވިޔަސް ގުޅުމަކަށް ބަދަލެއް ނާދޭ

05 Nov 2026, 09:57 ދެވަނަ ބޮޑު ހަނގުރާމައިގެ ނާމާން ދުވަސްވަރު އެމެރިކާ ސަރުކާރުގެ ވޯ ޑިޕާޓްމަންޓަށް ޓައިޕިސްޓުންގެ ގޮތުގައި ގުޅުނު ދެ އެކުވެރިއަކު، 80 އަހަރަށްވުރެ ދިގުދެމިގެންދިޔަ ވަރުގަދަ ގުޅުމުގެ ވާހަކައާއި، ދުޅަހެޔޮ އަދި އުފާވެރި ދިގު ޢުމުރެއް ވޭތުކުރުމުގެ މުހިންމު ސިއްރުތަކެއް ހިއްސާކޮށްފިއެވެ. މިހާރު ޢުމުރުން 109 އަހަރު ފުރިފައިވާ ވެލްމާ ލޯންގް އަދި ޑޮރޮތީ ބޮގަސްގެ މި ބަދަހި ރަޙުމަތްތެރިކަމަކީ، ޒަމާންތަކުގެ ތެރޭގައި ގުޑުމެއް ނެތި ދެމިއޮތް ނަމޫނާ ގުޅުމެކެވެ. އެމެރިކާގެ ނޫސްތަކުން ރިޕޯޓްކޮށ…

ތަރައްޤީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ އިޚުތިޔާރު އޮންނަންވާނެ: ނައިބު ރައީސް

ވަގުތީ ބޭނުންތަކުގެ އިތުރުން ދެމެހެއްޓެނިވިގޮތެއްގައި ޤާބިލުކަން އިތުރުކުރުމާއި އެއްބާރުލުން ދިނުމުގައި ޤައުމީ މަޞްލަޙަތުތަކަށް އިޙްތިރާމްކުރެވި، ކޮންމެ މެންބަރު ޤައުމަކަށްވެސް އެޤައުމެއްގެ ތަރައްޤީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ އިޚުތިޔާރު އޮންނަންވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ. އެންޓީގާ އެންޑް ބާބިޔުޑާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި މިއަދު ކުރިއަށްދިޔަ އެގްޒެކެޓިވް ސެޝަން 2 …

ބެޓިސް އާއި ލިވަޕޫލް ބަލިވެ، ރެއާލް މެޑްރިޑް ދެވަނައަށް

05 Nov 2026, 10:01 ރޭ ކުޅުނު ޔުއެފާ ޗެމްޕިއަންސް ލީގު މެޗުތަކުގައި، މިހާތަނަށް އައި އިރު ސައްތައިގެ ރެކޯޑު ދަމަހައްޓަމުން އައި ޓީމުތަކުގެ ތެރެއިން ރެއާލް ބެޓިސް އާއި ލިވަޕޫލް ބަލިވުމުން، ތާވަލުގެ ދެވަނަ، ރެއާލް މެޑްރިޑަށް ލިބިއްޖެއެވެ. އެތެންސްގެ ދަނޑުގައި ރޭ އެ ޓީމާ ދެކޮޅަށް ރެއާލް މެޑްރިޑު ކުޅުނު މެޗު، އެޓީމުން ކާމިޔާބުކޮށްފައިވަނީ 2-3 ގެ ނަތީޖާއިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި، ލީޑު ނެގީ އެތެންސުން ނަމަވެސް، ރެއާލުން ވަނީ އެންމެ ފަހު ވަގުތު ފެޑެރީކޯ ވަލްވެރްޑޭ ކާމިޔާބުކުރި ލަނޑާއެކު އެ…

ރެއާލް މެޑްރިޑުގެ ބޯޑަށް ނަޑާލް އައްޔަނުކުރަނީ

ދުނިޔޭގެ ފުޓްބޯޅައިގެ ރަސްގެފާނު ކަމަށްވާ ރެއާލް މެޑްރިޑުގެ ޑިރެކްޓަރުންގެ ބޯޑަށް، ޓެނިސް ލެޖެންޑް ރަފައެލް ނަޑާލް އައްޔަންކުރަން ނިންމައިފި އެވެ. ޓެނިހުގެ 22 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ސްޕެއިނުގެ ނަޑާލްއަކީ 2011 ވަނަ އަހަރުން ފެށިގެން ރެއާލުގެ އޮނަރަރީ މެމްބަރެކެވެ. އަދި އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ ގާތް މީހެއް ވެސް މެ އެވެ. ރެއާލުން ބުނީ ކުޅިވަރުގައި ސްޕެއިނާއި މުޅި ދުނިޔޭގެ ވެސް ނަމޫނާ ޝަހުސިއްޔަތެއް އެ ކްލަބުގެ ބޯޑާ ގުޅުމަކީ ލިބޭ ފަހުރެއް ކަމަށެވެ. ރިޕޯޓްތައް ބުނ…

އަދުގެ ސަރުކާރުން އިސްލާމީ ޔުނިވަރސިޓީއަށް ގިނަ އެހީތަކެއް ވަމުންދޭ: ޑރ. ޢަލީ ޒާހިރު

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ހޯދާފައިވާ ބައެއް ވަޞީލަތްތަކަކީ ވެތުވެދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި ލިބިފައިވާ ކަންކަންކަމަށް އެ ޔުނިވަރސީޓިގެ ވައިސްޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ. އިސްލާމީ ޔުނިވަރސިޓީގެ 2026 ވަނަ އހަަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވައިސް ޗާންސެލަރ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެ ޔުނިވަރސިޓީއަށް ގިނަ ކަންކަން ކޮށްދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާ…

މީޑިއާ ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގެ މެމްބަރު ކަަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ. ރައްޔިތުންގެ މަޖިލީހުން ކުރި އިއުލާނެއްގައި ވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރަކު ހޯދަން އިއުލާނުކޮށްފައެވެ. އެ ކޮމިޝަނުގެ މެމްބަރުކަމުގެ ޝަރުތަކީ އުމުރުން 30 އަހަރުވެފައިވުމާއި ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން، ނުވަތަ ސި…

ހުޅުޖަހަން ގޮވާލުމުގެ ތުހުމަތުގައި ހައްޔަރުކުރި ޖުމާން އިތުރު 15 ދުވަހަށް ބަންދުކޮށްފި

05 Nov 2026, 10:04 ބައެއް އިމާރާތްތަކާއި އުޅަނދުތަކުގައި ހުޅު ޖަހަން ސޯޝަލް މީޑިއާ މެދުވެރިކޮށް ގޮވާލި މައްސަލައެއްގައި ހައްޔަރުކުރި އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓު އަލީ ޖުމާން (ޑެތު) އިތުރު 15 ދުވަހަށް ބަންދުކުރުމަށް އިއްޔެ ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. އޭނާ ހައްޔަރުކުރީ، މިދިޔަ މަހު 22ގައެވެ. އޭގެ އެއް ދުވަސް ފަހުން، ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް އޭރު 12 ދުވަސް ޖެހިއެވެ. އެ މުއްދަތު ހަމަވެގެން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ޖުމާންގެ މައްޗަށް އިތުރު 15 ދުވަސް ކޯޓުން ވަނީ ޖަހާފައެވެ…

ޑާކް ކައުޓް ފެނަބާޗޭ ގޮވައިގެން ނިކުމެ ކުރީގެ ކްލަބް ލިވަޕޫލް ބަލިކޮށްފި

ލިވަރޕޫލްގެ ކުރީގެ ކުޅުންތެރިޔާ ޑާކް ކައުޓް ފެނަބާޗޭ ގޮވައިގެން ނިކުމެ ކުރީގެ ކްލަބް ބަލިކޮށްފިއެވެ. ޗެމްޕިއަންސް ލީގުގައި ފެނަބާޗޭ އިން އަމިއްލަ ދަނޑުގައި ލިވަޕޫލް ބަލިކުރީ 3-2 ނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ ލިވަޕޫލުންނެވެ. ލިވަޕޫލަށް ލީޑް ނަގައިދިނީ ނުޔޯނީ އެވެ. އެކަމަކު އޭގެ ތިން މިނިޓްފަހުން ގްރީންވުޑް ލަނޑު ޖަހާ ފެނަބާޗޭ އަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. މެޗުގައި ލިވަރޕޫލުން ދެވަނަ ފަހަރަށްވެސް ކުރި ހޯދިއެވެ. ދެވަނަ ފަހަރަށް ކުރިހޯދައިދިނީ 69 ވަނަ މިނިޓްގައި އިސާކްއެވެ. ފެނަބާޗޭ…

ޝާހިދު ހައްޔަރުކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރަން ކޯޓުން ނެރުނު އަމުރު އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. ޝާހިދުގެ އެ ހުށަހެޅުން ހައިކޯޓަށް ބަލައިގަނެ ރަޖިސްޓްރީކުރީ މިއަދު އެވެ. މިދިޔަ ހޯމަދުވަހުގެ ރޭ ޝާހިދު ހައްޔަރުކުރުމަށް ފަހު ފުލުހުން އާއްމުކުރި ބަޔާނެއްގައި ބުނީ އޭނާ ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުގުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ބަންދާ މެދު ގޮތެއް ނިންމަނ…

ގިރާވަރުފަޅުން 115 ހެކްޓަރުގެ ބިން ހިއްކައިފި

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ކުރިއަށްގެންދާ ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 115 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ހާމަކޮށްފިއެވެ. އެމްއޭސީލްއިން މި މަސައްކަތް ކޮންޓްރެކްޓްކޮށްފައި ވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ސީއެމްސީސީއާ ހަވާލުކޮށްގެންނެވެ. އަދި މަޝްރުޢޫގެ ބިން ހިއްކުމުގެ މަސައްކަތް ގެންދަނީ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށ…

އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލާގައި ޖުމާން އިތުރު 15 ދުވަހަށް ބަންދުކޮށްފި

ބައެއް އިމާރާތްތަކާއި އުޅަނދުތަކުގައި ރޯކުރަން ގޮވާލި މައްސަލާގައި މިދިޔަ މަހު ހައްޔަރުކުރި އަލީ ޖުމާން އިތުރު 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ. ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުތަކުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްވަރުދީ، ގޮވާލި މައްސަލައެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ހއ. ބާރަށު، ކުއްޅަވައްގޭ، އަލީ ޖުމާން ހައްޔަރުކުރީ މިދިޔަ އޮކްޓޫބަރު 22 ގަ އެވެ. ތަހުގީގުގެ ބޭނުމަށް އޭނާގެ ބަންދަށް އެންމެ ފުރަތަމަ ދިން 12 …

ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނުގައި މަރުވި މަހުދީއަށް، ހިތްވަރުގަދަކަމަށް އިޓަލީން ދޭ އެންމެ މަތީ ޝަރަފު އަރުވައިފި

05 Nov 2026, 08:35 ވ. އަތޮޅަށް ފީނަން ގޮސް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި އުޅެނިކޮށް މަރުވި ގައުމީ ދިފާއީ ބާރުގެ ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީގެ ހަނދާނުގައި، އިޓަލީ ސަރުކާރުން ހިތްވަރުގަދަކަމަށް ދޭ އެންމެ ޝަރަފު އަރުވައިފިއެވެ. އެ ޝަރަފު މަހުދީއަށް އެރުވީ،ރާއްޖެއާއި އިޓަލީވިލާތާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުމާއި، އެ ގައުމުގެ 80ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ހޮޓެލް ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މަހުދީގެ އާއިލާއަށް "ގޯލ…

Loading fresh headlines…