އިޓަލީ ސަރުކާރުންދޭ ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު މަރުޙޫމް މުޙައްމަދު މަހުދީއަށް
ވ. އަތޮޅުގައި ކަނޑުއަޑީގެ ހޮހަޅައަކަށް ގެއްލުނު އިޓަލީވިލާތުގެ ފަތުރުވެރިންތަކެއް ސަލާމަތްކުރުމުގެ އޮޕަރޭޝަނުގައި އުޅެނިކޮށް ނިޔާވި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ ޚިދުމަތާއި އާދަޔާޚިލާފު ހިތްވަރުގެ އަގުވަޒަންކޮށް، އިޓަލީ ސަރުކާރުން ދޭ ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު އޭނާގެ ހަނދާނަށް އަރުއްވައިފިއެވެ. މި ޝަރަފު މަހުދީއަށް އެރުއްވީ ދިވެހިރާއްޖެއާއި އިޓަލީވިލާތާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުމާއި، އެ ގައުމުގެ 80ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ހޮޓެލް …