ތަރިންނަށް ދޭ ހަމަލާތަކާއި އިންޒާރުތަކާ ގުޅިގެން ބޮލީވުޑްގެ ސަލާމަތަށް މޯދީގެ އެހީތެރިކަމަށް އެދިއްޖެ
ބޮލީވުޑްގެ ތަރިން ކަމަށްވާ ސަލްމާން ޚާން އާއި ޓައިގާ ޝްރޯފަށް އަމާޒުކޮށް ދިން ހަމަލާތަކާއި އެހެން ތަރިންނަށް ދެމުން އަންނަ އިންޒާރުތަކާ ގުޅިގެން އިންޑިއާގެ ފިލްމީ ދާއިރާގެ މަސައްކަތްތެރިން ތަމްސީލުކުރާ ޖަމިއްޔާ އިން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އެހީތެރިކަމަށް އެދި ސިޓީއެއް ފޮނުވައިފި އެވެ. "އޯލް އިންޑިއާ ސައިން ވޯކާސް އެސޯސިއޭޝަން" އިން މޯދީއަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައި ވަނީ މުމްބާއީގައި ފިލްމީ ފަންނާނުންނަށް އަމާޒުކޮށް ބަޑީގެ ހަމަލާތައް ދިނުމާއި ބިރުދައްކައިގެން ފައިސާ ހޯދަން މަސައްކަތްކު…