Live 359,240 stories Updated Nov 4, 2026
Browse topics All stories

Latest stories

Live feed

ޓްރެންޑާ އެއްގޮތަށް ޓޫރިޒަމަށް ބަދަލު ނުގެންނަ ނަމަ ފެއިލްވާނެ: ސައީދު

ޓޫރިޒަމް އިންޑަސްޓްރީއަކީ ބަދަލުތައް ނުގެންނަ ނަމަ އޭގެ ޒާތުގައި ފެއިލްވާ އިންޑަސްޓްރީއެއް ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ އިންޑަސްޓްރީއަށް އަންނަމުންދާ ބަދަލުތަކަށް ތަބާނުވާ ގައުމުތައް އެކަމުގައި ފެއިލްވާނެ ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު "ސަސްޓެއިނަބުލް ޓައުންޝިޕް" މޮޑެލް ދިފާއުކުރައްވައިފި އެވެ. ސައީދުގެ އިތުބާރުނެތްކަމަށް ފާސްކޮށް މަގާމުން ވަކިކުރަން އިދިކޮޅު އެމްޑީޕީގެ 12 މެންބަރުން ސޮއިކުރައްވައި މަޖިލީހަށް ހުށަހެޅުއްވި މައްސަލައަށް ޖަވާބުދާރީވެވަ…

ކުރީ ސަރުކާރުގެ ފަހު 3 އަހަރަށްވުރެ 80 އިންސައްތަ އިތުރަށް ޑޮލަރު ދޫކޮށްފައިވާނެ: ސައީދު

04 Nov 2026, 11:51 ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފަހު ތިން އަހަރާ އަޅާ ބަލާއިރު، މި ސަރުކާރުގެ ފުރަތަމަ ތިން އަހަރު ތެރޭ 80 އިންސައްތަ އިތުރަށް ރަސްމީ ރޭޓުގައި އެކި ބޭނުންތަކަށް ޑޮލަރު ދޫކޮށްފައިވާ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. އިދިކޮޅު އެމްޑީޕީން ސަޢީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބުދެއްވަމުން ސަޢީދު ވިދާޅުވީ ޞާލިޙްގެ ސަރުކާރުގައި ޓެލެގްރާފިކް ޓްރާންސްފާ…

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މައުލޫމާތުތައް މާލޭ ސިޓީ ކައުންސިލުން ހޯދަނީ

މާލޭ ސަރަހައްދުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފެށުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ. ސިޓީ ކައުންސިލުގެ މިއަދުގެ އާންމު ޖަލްސާގައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ޕްލޭންތައް އެކުލަވާލުމާއި ފަސޭހައިން ހިދުމަތް ލިބޭނެ ގޮތްތައް ހަމަޖައްސައި، ރައްކާތެރި އަދި އެންމެން ބައިވެރިކުރާ ފަދަ ސިޓީއަކަށް ހެދުމަށް ވަކިވަކި ދާއިރާތަކަށް ގޮސް އެފަދަ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމަށް ހުށަހަޅައިފަ އެވެ. އ…

ސްކޭމްގެ މައްސަލައެއްގައި މައްސަލަ ހިނގިތާ ގިނަ ދުވަސްތަކެއް ފަހުން މީހަކު ހައްޔަރުކޮށްފި

04 Nov 2026, 11:52 ސްކޭމްގެ މައްސަލައެއްގައި އެކަން ހިނގިތާ ގިނަ ދުވަސްތަކެއް ފަހުން އިއްޔެ މީހަކު ހައްޔަރުކޮށްފިއެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މާލެއަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ މުޙައްމަދު ރީޙާންއެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހާފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވުމުން ކަމަށް ކޯޓު އަމުރުގައިވެއެވެ. އެގޮތުން ފުލުހުންގެ ފަރާތުން ބޭންކަށް ފޮނުވާފަ…

ބްރެޒިލާއި އުރުގުއޭއަށް ފައިސާ ނުދެވި އިންޑިއާގެ ފުޓްބޯޅަ މާލީ އަނދަވަޅަކަށް!

ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުތަކުގައި މިދިޔަ މަހު ބްރެޒިލާއި އުރުގުއޭއަށް ފައިސާ ނުދެވި، އިންޑިއާގެ ފުޓްބޯޅަ އިދާރާ (އޭއައިއެފްއެފް) މާލީ ބޮޑު ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓިއްޖެ އެވެ. ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލާއި އުރުގުއޭއިން އިންޑިއާގެ ފަސްގަނޑުގައި މެޗު ކުޅެން އެއްބަސްވީ، ފައިސާ ދޭ ގޮތަށެވެ. އިންޑިއާގެ މީޑީއާތަކުން ރިޕޯޓްކުރިގޮތުގައި ބްރެޒިލާއި އުރުގުއޭގެ އެސޯސިއޭޝަންތަކަށް ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދެވިއޮތުމުގެ ސަބަބުން އޭއައިއެފްއެފްގެ އެތެރޭގައި ބޮޑެ…

މިފަހަރު ވެސް ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ސަލީމް، ނައިބު މުގައްރިރަކަށް ފަޒާދު

04 Nov 2026, 11:53 އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރުކަމަށް މަޖިލީހުގެ ނައިބު ރައީސް އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް، އަދި ނައިބު މުގައްރިރުކަމަށް ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދު އައްޔަންކޮށްފިއެވެ. މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ސަލީމާއި، އިގްތިސޯދީ ކޮމިޓީގެ މުގައްރިރުކަން ކުރައްވާ ފަޒާދު އައްޔަންކުރަން ބަޖެޓު ކޮމިޓީން ނިންމީ ބައްދަލުވުމުގ…

މި ސަރުކާރަށް 15 ވަރަކަށް އަަހަރު ވެރިކަން ކުރަން ލިބިއްޖެނަމަ ޑޮލަރު ރޭޓް 10ރ. އަށް ދަށްވާނެ: ފަލާހު

ޕީއެންސީގެ ސަރުކާރު 10 އަހަރު ނުވަތަ 15 އަހަރަށް ދެމިގެން ގޮސްފިނަމަ ޑޮލަރު ރޭަޓް 10ރ. އަށް ދަށްވާނެ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމަށް ބުނެ އޭނާ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި މައްސަލައަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ފަލާހު ވިދާޅުވީ ޑޮލަރުގެ އަގު މައްޗަށް ދިޔައީ ފައިސާ ޗާޕްކުރުން ހިމެނޭ ގޮތުން އެމްޑީޕީގެ ސަރުކާރުގައި ތަންފީޒުކުރި އިގުތިސ…

މިނިސްޓަރު ސަޢީދުގެ އިތުބާރު ނެތް ކަމަށް ފާހެއްނުވި

04 Nov 2026, 11:57 އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ ވެރިކަންކުރާ ޕީއެންސީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ބޭރުކޮށްލައިފިއެވެ. ސަޢީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް އެމްޑީޕީގެ މެންބަރުން ހުށަހެޅީ މިދިޔަ އޮގަސްޓު މަހެވެ. ނަމަވެސް އެ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ މައްސަލަ ހުށަހެޅިތާ ތިން މަސް ފަހުން މިއަދެވެ. މި މައްސަލައަށް ބަހުސްކޮށް ނިމި، ސަޢީދުގެ އިތުބާރު ނެތް ކަމަށް ރިޔާސަތު…

އިންވެސްޓްމެންޓާއި ރަސްމީ ރޭޓުގައި ޑޮލަރު ދޫކުރުމުގައި ކުރިއެރުން ހޯދާފައިވޭ: ވަޒީރު ސަޢީދު

ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި އިންވެސްޓްމެންޓާއި، ރަސްމީ ރޭޓުގައި ޑޮލަރު ދޫކުރުމުގައި ކުރިއެރުން ލިބިފައިވާކަމަށް، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ސަޢީދުގެ އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމުން ވަކިކުރަން އިދިކޮޅު އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މަސައްލައަށް ޖަވާބުދާރީވެވަޑައިގަންނަވަމުންނެވެ. މިއަދުގެ ޖަލްސާގައި ވަޒީރު ސަޢީދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަ…

ޑޮލަރު ލިބުން ދަތިވެފައިވާ މައްސަލައިގައި ސައީދު ވިދާޅުވީ ކުރީ ސަރުކާރަށްވުރެ ގިނައިން ރައްޔިތުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެކަމަށް!

އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވެވަޑައިގަންނަވަމުން، މި ސަރުކާރުގެ ފާއިތުވި މުއްދަތުގައި އާންމު ރައްޔިތުންގެ އެކި ބޭނުންތަކަށް ޖުމުލަ 1.9 ބިލިއަން ޑޮލަރު ދޫކޮށްފައިވާނެ ކަމަށް ސައީދު ވިދާޅުވެއްޖެ އެވެ. މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މިއީ ކުރީ ސަރުކާރުގެ ފަހު ތިން އަހަރާ އަޅާބަލާއިރު 80 އިންސައްތައިގެ އިތުރުވުމެއް ކަމަށެވެ.މ…

ކައުންސިލުގެ އިޙްތިޞާޞުން 14 ބިމެއް ދައުލަތަށް ނެގި މައްސަލައިގައި ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

04 Nov 2026, 12:09 މަސް މާރުކޭޓާއި ސަލްޓަން ޕާކާއި ކާނިވާ ސަރަހައްދު ހިމެނޭހެން މާލޭ ސަރަހައްދުގެ 14 ބިމެއް މާލޭ ސިޓީ ކައުންސިލުގެ ދަށުން ނަގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން ނިންމުމަކީ ކައުންސިލުގެ ބާރުތައް ހަނިވެ، އާންމުންނަށް ފައިދާވާ މަޝްރޫއުތައް ހިންގަން ދަތިވެ، އަދި އެކަމުގެ އާންމުންނަށް ގެއްލުންވާނެ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފިއެވެ. ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރަން ފެނޭތޯ ރިޔާސ…

މިނިސްޓަރު ސައީދުގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމަށް ބުނެ އޭނާ މަގާމުން ވަކިކުރަން އިދިކޮޅު އެމްޑީޕީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މިއަދު ނާކާމިޔާބުވެއްޖެ އެވެ. ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަށް އެމްޑީޕީގެ 13 މެމްބަރަކު ހުށަހެޅުއްވި އެ މައްސަލާގައި މިއަދު ނެގި ވޯޓުގައި ސައީދުއާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ 10 މެމްބަރުންނެވެ. އަދި އޭނާއާ އެއްކޮޅަށް ޕީއެންސީގެ 54 މެމްބަރަކު ވޯޓު ދެއްވި އެވެ. ސައީދު ވަކިކުރަން ހުށަހެޅި މައްސަލާގައި ތުހުމަތުކޮށްފައި އޮތީ ގާނޫ…

Loading fresh headlines…