Live 359,256 stories Updated Nov 2, 2026
Browse topics All stories

Latest stories

Live feed

ލަގްޒަރީ ދަތުރުތަކަށް ޚާއްސަ "ކިންގް އެއާ 360" މަރުކާގެ މަތިންދާބޯޓެއް މޯލްޑިވިއަނުން ގެނެސްފި

02 Nov 2026, 18:02 ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ލަގްޒަރީ ދަތުރުތަކަށް ޚާއްސަކޮށްގެން އަލަށް ގެނައި "ކިންގް އެއާ 360" މަރުކާގެ މަތިންދާބޯޓު މިއަދު ހަވީރު ރާއްޖެ ގެނެސްފިއެވެ. މި ބޯޓަކީ "ނިލާ ކޮރަލްސް" އާ ގުޅިގެން މޯލްޑިވިއަނުން ފަށާ ލަގްޒަރީ އުދުހުންތަކަށް ގެނައި ބޯޓެކެވެ. މި ބޯޓު ރާއްޖެ އައުމާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އައިލެންޑް އޭވިއޭޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ތަރައްގީގެ އ…

މޫނު ބުރުގާ އަޅައިގެން ވައްކަންކުރި މައްސަލައެއްގައި އިންޑިއާ ފިރިހެނަކު ހައްޔަރުކޮށްފި

02 Nov 2026, 18:18 ވައްކަމުގެ މައްސަލައެއްގައި މޫނު ބުރުގާ އަޅައިގެން އުޅުނު އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކު މިއަދު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ، ޝާހުލް ޔެހަޔާ އަބްދުލްރަޖާކު ނަމަކަށް ކިޔުނު 41 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ވައްކަމުގެ ތުހުމަތުގައެވެ. ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވުމުން…

މޯލްޑިވިއަންގެ ލަގްޒަރީ ދަތުރުތަކަށް 'ކިންގް އެއާ 360' މަރުކާގެ ބޯޓެއް

ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓަށް މުޅިން އަލަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ގެނެސް، މިއަދު ޚިދުމަތަށް ނެރެން ތައްޔާރުވެއްޖެއެވެ. މިއީ، ޤައުމީ އެއާލައިނުން މިމަރުކާގެ ބޯޓެއް މެދުވެރިކޮށް ލަގްޒަރީ އުދުހުންތައް ފަށާ ފުރަތަމަ ފަހަރެވެ. މޯލްޑިވިއަނުން މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، ނިލާ ކޮރެލްސްއާ ގުޅިގެންނެވެ. މޯލްޑިވިއަންގެ ފްލީޓަށް މި ބޯޓު ގެނައުން ފާހަގަކުުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުގެ ޑެޕިއ…

ނާސަރީ ކުއްޖާގެ ގްރޭޑާ މެދު އަލުން ގޮތެއް ކަނޑައަޅަން ސުޕްރީމް ކޯޓުން އަންގައިފި

02 Nov 2026, 18:26 ޢުމުރު ހަމަނުވާތީ ސްކޫލުގައި ގްރޭޑް ބަދަލުނުކުރެވުނު ކުއްޖެއްގެ އެސެސްމަންޓުތަކަށް ބަލައި އެ ކުއްޖާ ހުންނަންޖެހޭ ގްރޭޑާމެދު އަލުން ގޮތެއް ނިންމުމަށް އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ހައިކޯޓުން ކޮށްފައިވާ އަމުރު ސުޕްރީމް ކޯޓުން ބާޠިލުކޮށްފިއެވެ. މި މައްސަލައަކީ 2024 ވަނަ އަހަރު ދިރާސީ އަހަރަށް ގެނައި ބަދަލާ ގުޅިގެން ކަނޑައެޅި ޢުމުރު ހަމަނުވާތީ، ޕްރީސްކޫލް ކުއްޖަކު ނާސަރީއަށް ބަދަލުނުކޮށް ރިޕީޓްކުރަން މިނިސްޓްރީން ނިންމުމުން، އެ ކުއްޖާގެ ބެލެނިވެރިޔާ ކޯޓަށް ހުށަހެޅި މައްސަލައެ…

ތިން ގެ ބަލައިފާސްކޮށް 111 ގްރާމުގެ މަސްތުވާތަކެއްޗާއެކު 4 މީހަކު ހައްޔަރުކޮށްފި

މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 3 ގެ ބަލައި ފާސްކޮށް ހަތަރު މީހުން ހައްޔަރުކޮށްފިއެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އޮކްޓޫބަރު 31ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ މާލެ / މ. ޕިންކްލައިޓް، ޝިވާން އިބްރާހީމް (45އ) އާއި، ތ. ތިމަރަފުށި / ޢަލީއާބާދު، އަޙްމަދު މުޙައްމަދު (38އ) އާއި، ތ. ތިމަރަފުށި / މާލޭގެއާގެ، އަޒުހަދު ޢަލީމަނިކު (41އ) އަދި ތ. ތިމަރަފުށި / ވިލާ، …

މުސާރަ ނުދީގެން ބޮލިދުއްފަރުގައި އިހުތިޖާޖުކުރި ބިދޭސީން ބަންދުކުރި މައްސަލައިގައި ޓްރާންސްޕޭރެންސީން ކަންބޮޑުވުން ފާޅުކޮށްފި

ކ. ބޮލިދުއްފަރު ފަޅުގައި ތަރައްޤީކުރަމުންދާ ރިސޯޓުގެ ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތްކުރާ ބިދޭސީންތަކަކަށް 6 މަސް ދުވަސް ވަންދެން މުސާރަ ނުދީގެން ކުރި ސުލްހަވެރި އިހުތިޖާޖާ ގުޅިގެން، އެމީހުން ބަންދުކޮށް ފިޔަވަޅު އަޅަމުންދާތީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.ޓްރާންސްޕޭރެންސީން ހާމަކޮށްފައިވާ ގޮތުގައި، މި އިހުތިޖާޖާ ގުޅިގެން ގާތްގަނޑަކަށް 21 ބިދޭސީ މަސައްކަތްތެރިއަކު އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަށް ގެންގޮސްފައިވެ އެވެ. އެ ޖަމިއްޔާއިން ބުނީ ދިވެހިރާއްޖޭގެ ޤާނ…

"މޯލްޑިވިއަންގެ އަމާޒަކީ ރިސޯޓުތަކާއި އެއްފެންވަރުގެ ޚިދުމަތެއް ދިނުން"

އަމާޒަކީ ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކުން ލިބޭ ފެންވަރުގެ ޚިދުމަތެއް ޤައުމީ އެއާލައިނުގެ ފަރާތުން ފޯރުކޮށްދިނުން ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަދި އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ޗެއާމަން އަޙުމަދު ޝަފީޢު ވިދާޅުވެއްޖެއެވެ. ޝަފީޢު މިހެން ވިދާޅުވީ، މޯލްޑިވިއަންގެ ފްލީޓަށް ކިންގ އެއާރ 360 މަރުކާގެ ބޯޓު ގެނައުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ. ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓު ޒަމާނީ ކު…

ނަސްރުގެ ދުވަހުގެ ހަރަކާތްތަކަށް މާދަމާ ޖުމްހޫރީ މައިދާން ސަރަހައްދު ބަންދު

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކާ ގުޅިގެން މާދަމާ ޖުމްހޫރީ މައިދާން ސަރަހައްދުބަންދުކުރަން ނިންމައިފިއެވެ. ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުގެނައުމަށް ނިންމާފައިވާ ގޮތުގެ ޗާޓުތައް ހިއްސާކޮށްފައެވެ. އެގޮތުން އެޗާޓުތަކުގައި ފާހަގަކޮށްފައިވާ ސަރަހައްދުގެ މަގުތައް އެ ހަރަކާތްތައް ކުރިއަށްދާ ވަގުތުތަކުގައި އެއްގަމު ދަތުރުފަތުރަށް ބަންދުކުރެވޭނެ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މިގޮތުން ގެނެވޭ ބަދަލުތަކުގެ ތެރޭގައި މާދަމާ އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ކުރެވޭ ފަތިސް …

މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ދޫކުރާ "އާރުވެރި" ގްރާންޓަށް ކުރިމަތިލާން ހުޅުވާލައިފި

މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއަރުވަން ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ "އާރުވެރި މެޗިން ގްރާންޓް" ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށަހަޅަން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ. ވޯލްޑް ބޭންކުގެ ޓްރާންސްފޯމިން "ފިޝަރީޒް މެނޭޖްމަންޓުން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް"ގެ ދަށުން ދޫކުރާ އެ ގްރާންޓް ޖުމްލަ ހަތް ދާއިރާއެއްގެ ޕްރޮޖެކްޓްތަކަށް ދޫކުރާއިރު ޕްރޮޕޯސަލް ހުށަހަޅަން އަދި ހުޅުވާލީ އޭގެ ތެރެއިން ފަސް ދާއިރާ އެވެ. އެއީ: މަސްވެރ…

ވައި ނުސާފުވުމުގެ ސަބަބުން ސިއްހީ ބޮޑު ނުރައްކަލެއް: ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ވައި ނުސާފުވުމުގެ ސަބަބުން އިންސާނުންގެ ހަށިގަނޑަށް ކުރު އަދި ދިގު މުއްދަތަކަށް ސިއްހީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، ވައިގެ ފެންވަރު ދަށްވުމުގެ ސަބަބުން ސިކުނޑިއާއި ނާރުގެ ބަލިތައް ޖެހުމާއި، ވިސްނުމުގެ ބާރު ދެރަވުން ފަދަ ސީރިއަސް މައްސަލަތައް ކުރިމަތިވެ އެވެ. މީގެއިތުރުން، މާބަނޑު ދުވަސްވަރު ދިމާވާ ނުރައްކާތެރި ސިއްހީ މައްސަލަތަކާއި ކުޑަކުދި…

ޔުނައިޓެޑު ރެލިގޭޓުވުމަކީ މިހާރު އޮތް ހާލަތުން ވެދާނެ ކަމެއް: ޓެން ހާގް

02 Nov 2026, 16:31 އިނގިރޭސި ޕްރިމިއާ ލީގުން ޔުނައިޓެޑް ރެލިގޭޓްވުމަކީ މިހާރުގެ ހާލަތަށް ބަލާއިރު ހަގީގަތަކަށް ވުން ވަރަށް ގާތް ކަމެއް ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. އީއެސްޕީއެން އަށް ދިން އިންޓަވިއުއެއްގައި ޓެން ހާގް ބުނީ އިނގިރޭސި ޕްރިމިއާ ލީގަކީ ދުނިޔޭގެ އެންމެ ވާދަވެރި، އަދި ކޮންމެ ޓީމެއްގައިވެސް ވަރުގަދަ ސްކޮޑަކާއި ގާބިލު ކޯޗުން ތިބި ލީގެއް ކަމަށާއި އެހެންކަމުން ނަތީޖާތައް ގޯސްވެ ޓީމު ނުރައްކާތެރި ހާލަތަކަށް ވެއްޓިއްޖެނަމަ، އެއިން ސަލާމަތްވުމަކީ އިން…

ވޯލްޑް ކަޕްގައި ޕާފޯމްކުރި ސަންޖޯއީ ސާފް ޗެމްޕިއަންޝިޕް ފެށުމުގެ ރަސްމިއްޔާތުން ފެންނާނެ

02 Nov 2026, 17:12 ފީފާ ވޯލްޑް ކަޕްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ޕާފޯމްކޮށް، ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ބަންގްލަދޭޝްއަށް އުފަން އެމެރިކާގެ މަޝްހޫރު ޑީޖޭ އަދި މިއުޒިކް ޕްރޮޑިއުސަރު ސަންޖޯއީ މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ޕާފޯމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ. ބަންގްލަދޭޝްގެ ޑާކާގައި ހުންނަ ނޭޝަނަލް ފުޓްބޯޅަ ސްޓޭޑިއަމްގައި މި މަހުގެ 5 އިން 17 އަށް ކުރިއަށްދާ "ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026" ގެ ހާއްސަ މެހެމާނެއްގެ ގޮތުގައި އޭނާ ފެނިގެންދާނީ އަނ…

Loading fresh headlines…