ޔަހޫދީން އަލްޚަލީލަށް އެޅި ހިސާރުގެ އިގްތިސާދީ ގެއްލުން 20 މިލިޔަން ޑޮލަރަށް
ޔަހޫދީންގެ ނިރުބަވެރި ދައުލަތުން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ މުހިންމު ސިޓީއެއް ކަމަށްވާ އަލްޚަލީލް، ޔަހޫދީ ފައުޖުތަކުން ވަށާލައި ހިސާރުކޮށްފައި އޮންނަތާ 10 ދުވަސް ވެފައިވާއިރު، އެ ސިޓީގެ އިގްތިސާދާއި އާންމު ހާލަތު އިތުރު ނިކަމެތިކަމެއްގެ ތެރެއަށް ވައްޓާލައިފިއެވެ. ޔަހޫދީންމި ހަރުކަށި ފިޔަވަޅު އަޅާފައިވަނީ، މިދިޔަ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު ދިން ހަމަލާއެއްގައި ޔަހޫދީ ސިފައިންގެ ދެ މީހަކު މަރުވުމާ ގުޅިގެންނެވެ. އަލްޚަލީލްގެ މުނިސިޕަލިޓީން ބުނީ، ޔަހޫދީން މި އުދުވާނުގެ ސަބަބުން ފ…