ފީފާ އިން ބައްސާމް އުމުރަށް ފުޓްބޯޅައިން ސަސްޕެންޑްކޮށްފި
ފީފާގެ ފައިސާގައި ޖެހުނުކަން ސާބިތުވެ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން މުޅި އުމުރަށް ސަސްޕެންޑްކޮށް، އެއް މިލިއަން ސްވިސް ފްރެންކްސް (18.9 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރަން ފީފާގެ މިނިވަން އެތިކްސް ކޮމިޓީން ނިންމައިފި އެވެ.