ފަނޑިޔާރުންގެ ޖަމިއްޔާގެ ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާގެ ފަސްވަނަ ދައުރުގެ ހިންގާ ކޮމިޓީގެ އިތުރު މެންބަރެއްގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.ހޯމަ ދުވަހު ފަނޑިޔާރުންގެ ޖަމިއްޔާއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާގެ ފަސްވަނަ ދައުރުގެ ހިންގާ ކޮމިޓީގެ އިތުރު މެންބަރެއްގެ މަޤާމު ހުސްވެފައިވާ ކަމަށެވެ. އެހެންކަމުން ހިންގާ ޤަވާއިދުގެ ދަށުން އެ މަޤާމަށް މެންބަރަކު އައްޔަނު ކުރެއްވުމުގެ ކުރިން، މަޤާމަށް ޝައުޤުވެރިވާ ބޭފުޅަކު …