ރަސްމާލެ މަޝްރޫއާ ގުޅިގެން މި މަހުގެ 15 އާ ހަމައަށް ރެފަރެންޑަމްއަކަށް ނުގޮސްފިނަމަ އިހުތިޖާޖަށް ނުކުންނަން ޖެހޭ: ފައްޔާޒް
ރަސްމާލެ މަޝްރޫއު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރަން ނިންމާފައިވާ މައްސަލައިގައި މި ހިނގާ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހާ ހަމައަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނުވަތަ ރެފަރެންޑަމް އަކަށް ނުގޮސްފި ނަމަ މަގުތަކަށް ނުކުމެ އިހުތިޖާޖު ކުރަން ޖެހޭ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ. އާދިއްތަ ދުވަހުގެރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 38 ވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ ރަސްމާލެ މަޝްރޫއުގެ މައް…