ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާމެދު ރައްޔިތުން ދެކޭ ގޮތް ބަލަން ވޯޓެއް ނެގުމަށް ސަރުކާރަށް ގޮވާލައި، އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފި
ކ. ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރަމުންދާ ރަސްމާލެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމުގެ މުއާމަލާތާ ގުޅިގެން، އެ މަޝްރޫއާމެދު ރައްޔިތުން ދެކޭ ގޮތެއް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގައި ރައްޔިތުން ނިންމާ ގޮތަކަށް އަމަލުކުރުމަށް ސަރުކާރަށް ގޮވާލައި، އިދިކޮޅު މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފި އެވެ.މި ގަރާރު ފާސްކޮށްފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 38 ވަނަ ބައްދަލުވުމުގ…