ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ 5 ބޭފުޅަކަށް
ނޮވެމްބަރު 3ގެ ޝަރަފުގެ ޚައްޞަ އައްޑަނަ، ފަސް ބޭފުޅަކަށް އަރުވައިފިއެވެ. އެ ބޭފުޅުންނަށް ޝަރަފުގެ އައްޑަނަ އެރުވީ، މިރޭ ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މިރޭގެ ޖަލްސާގައި ޝަރަފުގެ އައްޑަނަ އަރުވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ބޭފުޅުންނަކީ، 1988ވަނަ އަހަރު ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު، ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި، ސިފައިންގެއިން ހަނގުރާމައިގެ މައިދާނަށް ނުކުމެވަޑައިގެން، އިސްލާމް ދީނާއި ދިވެހި ޤައުމުގެ ދިފާއުގައި، ހިތްވަރާއި، ލާމަސީލު ނަމޫނާ ދެއްކެވި 5 ބޭފުޅަކ…