އިންތިހާބަށްފަހު އީރާނަށް ހަމަލާދޭން ނަތަންޔާހޫ ޓްރަމްޕަށް ބާރުއަޅަނީ
އެމެރިކާގެ މިޑްޓަރމް އިންތިހާބަށްފަހު އީރާނާ ދެކޮޅަށް ފަށާފައިވާ ގައިރުގާނޫނީ ހަނގުރާމަ އަލުން ފަށައި، ނިރުބަވެރި ހަމަލާތައް އިތުރުކުރުމަށް ޔަހޫދީންގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބާރުއަޅަމުންދާ ކަން ހާމަވެއްޖެއެވެ. މި ކަމުގެ މައުލޫމާތު ލިބިފައިވާ މަސްދަރުތަކާ ހަވާލާދީ އެމެރިކާގެ ނޫސް، އެކްސިއޮސްއިން ރިޕޯޓުކުރި ގޮތުގައި، ދެ މީހުން ފޯނުން ކުރި މަޝްވަރާތަކުގައި ހައްދުފަހަނައެޅި ނަތަންޔާހޫ އަސްކަރީ ހަމަލާތައް ވަރުގަދަކުރަން ބާރުއެޅި ނަމަވެސް، ޓްރ…