Live 4,787 stories Updated Jun 9, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ބަރުލަމާނީ ނިޒާމްގެ ވޯޓު ނެގުމަށާއި، ބައެއް ވަޒީރުން ވަކިކުރުމަށް ވެރިކަމުގައި ހުންނެވި އިރު އެމްޑީޕީ ތެރެއިން ޕްރެޝަރ އައި: ރައީސް ސޯލިހު

ބަރުލަމާނީ ނިޒާމްގެ ވޯޓު ނެގުމަށާއި، ބައެއް ވަޒީރުން ވަކިކުރުމަށް ވެރިކަމުގައި ހުންނެވި އިރު އެމްޑީޕީގެ ތެރެއިން ޕްރެޝަރ އައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މީކާއިލް: އެމްޑީޕީގެ ކާމިޔާބީގެ ސިއްރަކީ އެއްބައިވަންތަކަން، ޗެއަރޕަރސަން ކަަމަށް ވޯޓުދޭ އިރު 2023 މަތިން ހަނދާން ކުރަން ޖެހޭ

އެމްޑީޕީ އަށް އިންތިޚާބުތައް ކާމިޔާބު ކުރެވޭ ފޯމިއުލާ އަކީ އެންމެން އެކުގައި ތިބުން ކަމަށާއި، ޗެއަރޕަރސަން ކަަމަށް ވޯޓުދޭ އިރު 2023ވެ މަތިން ހަނދާން ކުރަން ޖެހޭ ކަމަށް އެ ޕާޓީގެ ޗެއަރޕަރސަން ކަމަށް ވާދަކުރައްވާ މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.

ވެމްކޯ ގެ މުވައްޒަފުންގެ ޕެންޝަން ފަންޑަށް ފައިސާ ޖަމާނުކުރާތާ 19 މަސް، މައްސަލަ މަޖިލީހަށް

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މުވައްޒަފުންގެ މުސާރައިން ޕެންޝަންގެ ގޮތުގައި އުނިކުރާ ފައިސާ ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާނުކޮށް 19 މަސް ދުވަސް ވެފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށް ގެނަސްފި އެވެ.

ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާނަމަ ދަރަނި 90 ބިލިއަނަށް އެރުން އެކަށީގެންވޭ: ކުރީގެ ރައީސް ޔާމީން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ނިމެން އަދި ބާކީ ދެ އަހަރު އެބައޮތް ކަމަށާ މި ދެ އަހަރުގެ ތެރޭގައި އެމަނިކުފާނު ވެރިކަމުގައި ހުންނަވައިފި ނަމަ، ރާއްޖޭގެ ދަރަނި 90 ބިލިއަނަށް އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސްގެ މަސައްކަތް ބުރަވުމުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލް

ރައީސުލްޖުމްހޫރިއްޔާ ކޮންމެ ހަފްތާއަކު އެއްފަހަރު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާ ނިންމެވުމުގެ ދަށުން، ހޯމަ ދުވަހު ބޭއްވުމަށް ތާވަލުކުރި ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކޮށްފިއެވެ.

ކުނިއުކާ ލޮރީތަކުން މަގުމައްޗަށް ހަޑި ފެނާއި، ކުނި ފޭބުން އާންމުވި ނަމަވެސް އެފަދަ ޝަކުވާއެއް ލިބިފައިނުވޭ: ވެމްކޯ

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކުނި ލޮރީތަކުން މާލޭގެ މަގުތަކަށް ކުންޏާއި، ހަޑި ފެން އެޅުނު ނަމަވެސް އެސަރަހައްދުތައް ސާފުނުކޮށްދާ މައްސަލަ ބޮޑުވެއްޖެ އެވެ.

ކަނޑުތައް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ: ރައީސް މުއިއްޒު

ގޮނޑުދޮށްތައް ގިރުމުގެ މައްސަލަތައް ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާއިރު، ކަނޑުތައް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…