Live 4,787 stories Updated Jun 7, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

އެމްޑީޕީ ޕީޖީ ގްރޫޕުގައި އެންމެން ފަޚުރުވެރިވާ ފަދަ މަސައްކަތްތަކެއް ސޯބެ ކުރައްވާނެ: ސޯލިޙު

އެންމެން ފަޚުރުވެރިވާ ފަދަ މަސައްކަތްތަކެއް އަބްދުﷲ ސޯދިގު (ސޯބެ) އެމްޑީޕީ ޕީޖީ ގްރޫޕުގައި ކުރައްވާނެކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ އިން ސޯބެ ކުރި ހޯއްދަވައިފި

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ އިން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެނޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) ކުރި ހޯއްދަވައިފި އެވެ.

ވޯލްޑް ކަޕަށް ދާ އީރާނުގެ ޓީމަށް އެމެރިކާއިން ވިސާ ދީފި

އަންނަ ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން، އީރާނުގެ ގައުމީ ފުޓުބޯޅަ ޓީމަށް އެމެރިކާއަށް އެތެރެވުމުގެ ވިސާ ދީފައިވާކަން އެމެރިކާގެ އޮފިޝަލުން ކަށަވަރުކޮށްދީފިއެވެ.

ރައްޔިތުން އެންމެ ހާލުގައި އުޅުނީ ދައުލަތަށް ރިކޯޑު އަދަދަކަށް އާމްދަނީ ލިބުނު 2 އަހަރު، ބަޖެޓު ޚަރަދު ކުރާ ގޮތެއް ނޭނގޭ: ޝަމްހީދު

މިދިޔަ 2 އަހަރު ދައުލަތަށް ރިކޯޑް އަދަދެއްގެ އާމްދަނީ އެއް ލިބުނު ނަމަވެސް އެ 2 އަހަރަކީ ރައްޔިތުން އެންމެ ދަތި ހާލުގައި އުޅުނު 2 އަހަރު ކަމަށާ ދައުލަތުގެ ބަޖެޓު ޚަރަދު ކުރާ ގޮތުގެ އެއްވެސް ތަފްސީލެއް ނޭނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅު…

ކުރީގެ ސަރުކާރުތަކުން ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ވަށާޖެހޭ ގޮތުގައި މަސައްކަތެއް ކޮށްފައިނުވޭ: ރައީސް މުއިއްޒު

ކުރީގެ ސަރުކާރުތަކުން ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ވަށާޖެހޭ ގޮތުގައި މަސައްކަތް ކޮށްފައިނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދ. މީދޫ ކައުންސިލް ރައީސްގެ އިންތިޚާބު: ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ދިނީ 6 ގަޑިއިރު

ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރި ޕީއެންސީ އަދި އެމްޑީއޭގެ ކެންޑިޑޭޓަށް ލިބުނު ވޯޓު އެއްވަރުވުމާ ގުޅިގެން ބާއްވާ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް 6 ގަޑިއިރުގެ ތެރޭގައި ޝަކުވާ ހުށަހަޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން، (އީސީ) އިން ދީފި އެވެ.

Loading fresh headlines…