Live 6,031 stories Updated Aug 4, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ގުރައިދޫގައި ހުންނަ ޚާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުން ބޭސް ހުސްވެފައިވާ ކަމުގެ ޝަކުވާ، މައްސަލަ ބެއްލެވުމަށް މެންބަރު ކުޑޫ އެދިވަޑައިގެންފި

ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ބަލިމީހުންނަށް ލިބެންޖެހޭ ބޭސް ހުސްވުމުގެ ޝަކުވާ ލިބިފައިވާތީ އެކަން ހިނގާފައިވާ ގޮތް ބެލުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)، ހެލްތު މިނިސްޓަރު ގީލާ އަލީ އަށް އެޑްރެސް …

ދައުލަތުގެ މީޑިއާގެ "ނޭޝަން ޗެޓުގައި" ޕީއެންސީގެ މުސްތަޤުބަލާއި ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވާހަކަ!

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެމަނިކުފާނު ހުންނެވީ ރައީސް އޮފީހުގެ ޕޯޑިއަމެއްގައި ކަމަށާއި އެއީ ޕީއެންސީގެ ޕޯޑިއަމެއް ނޫން ކަމަށް ވިދާޅުވެ ސިޔާސީ ސުވާލުތަކަށް ޖަވާބު ދެއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން އިންކާރު ކުރެއްވި ނަމަވެސް، ދައުލަތުގެ މީޑ…

މަޝްރޫއުތައް ހިންގުމުގެ ނަމުގައި މި ސަރުކާރުން ކުރާ ކަމަކީ ވައްކަންކުރުން: މައުރޫފް

މަޝްރޫއުތައް ކުރިއަށްގެންދިއުމުގެ ނަމުގައި ރައީސް މުއިއްޒުގެ ސަރުކާރުން ކުރާ ކަމަކީ ވައްކަންކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ސައިކަލެއްގެ ޕޮކެޓަށް ލީ ޑްރަގާ ހަވާލުވާން ދިޔަ މީހާއާ ފުލުހުން ސުވާލުކުރުމުން ޖަވާބެއް ނުދިން، އޭނާ ޝަރީއަތް ނިމެންދެން ބަންދަށް!

ދެ ޕެޑު ދޭތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އަންހެނަކާއި، އެ ތަކެއްޗާ ހަވާލުވުމަށް ދިޔަ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު، ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ބީއެމްއެލްއިން ހިންގުމުގެ އޮނިގަނޑަށާއި އެގްޒެކްޓިވް ލީޑަރޝިޕަށް ބަދަލުތަކެއް ގެނެސްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، އެގްޒެކްޓިވް ޓީމްގެ މެންބަރުންގެ ދައުރަށް ވެސް ބަދަލުތަކެއް ގެނެސްފި އެވެ.

16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި

އަޕަރ ސައުތު ޕޮލިސްގެ ބެލުމުގެ ދަށުގައި ހިމެނޭ ރަށެއްގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު 2 މީހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

ހުސްވި ޖުލައި މަހުގެ 31 ވަނަ ދުވަހު ކ. ގާފަރު ކައިރިން ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތުގައި މިހާތަނަށް އެދެވޭ ކުރިއެރުމެއް ލިބިފައިނުވާއިރު، އެ މީހުން ހޯދުމުގެ މަސައްކަތުގައި އާންމުންގެ އެހީތެރިކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެދިއްޖެ …

މި ސަރުކާރުން މީރާއަށް ދައްކަންޖެހޭ 3.5 ބިލިއަން ރުފިޔާގެ ޓެކްސް ނުދައްކާ އެބައޮތް: ބޮންޑާ

މި ސަރުކާރުގެ ކުންފުނިތަކުން ދައުލަތުގެ ޓެކްސް އިދާރާ، މީރާ އަށް ދައްކަންޖެހޭ 3.5 ބިލިއަން ރުފިޔާގެ ޓެކްސް ނުދައްކާ އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.

މަސައްކަތް ހަވާލުކުރިތާ އެއް އަހަރު ފަހުން، ކުޑަރިކިލު މިސްކިތުގެ އަމަލީ މަސައްކަތް އޮގަސްޓު 15 ގައި ފެށޭނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

ބ. ކުޑަރިކިލުގައި އައު މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކޮށްފައިވާތާ އެއް އަހަރު ދުވަސް ފަހުން، މި ހިނގާ އޮގަސްޓު މަހުގެ 15 ވަނަ ދުވަހު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ބިންގަލެއް އަޅާފައި ހުރިއްޔާ މައްޗަށް އަރާނެ، ކުޑަކޮށް ލަސްވެސް ވެދާނެ: މިނިސްޓަރު ޝަހީމް

ސަރުކާރުން މަޝްރޫއެއްގެ ބިންގަލެއް އަޅާފައި ހުރިއްޔާ މައްޗަށް އަރާނެ ކަމަށާއި، ނަމަވެސް ބައެއް ސަބަބުތަކާ ހުރެ ލަސްތަކެއް ވެސް ކުރިމަތި ވެދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ހުޅުދޫގެ 100 ހައުސިންގ ޔުނިޓު: މިނިސްޓަރު މުއްތަލިބު ވިދާޅުވީ ގާބިލު ކުންފުންޏެއް ކުރިމަތިނުލާތީ ޓެންޑަރ ބާތިލުކުރީ ކަމަށް

އައްޑޫ ސިޓީ ހުޅުދޫގެ 100 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށް ނުދަނީ ޓެންޑަރއަށް ހުޅުވާލުމުން އެއްވެސް ގާބިލު ކުންފުންޏަކުން ކުރިމަތިނުލުމުން ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ފުލުހުން އަދިވެސް މަހުދީގެ ފޯނު ހިފަހައްޓާފައިވާތީ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

ވ. އަތޮޅުގައި ޑައިވިންއަށް ގޮސް ގެއްލުނު އިޓަލީ ޑައިވަރުން ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް، ނިޔާވި ސިފައިންގެ ސްޓާފް ސަރޖަންޓް، މުހައްމަދު މަހުދީގެ ފޯނު އަދިވެސް ފުލުހުންގެ ބެލުމުގެ ދަށުގައި އޮތުމުން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި އެެވެ.

Loading fresh headlines…