Live 6,031 stories Updated Jul 31, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

މ. ނާލާފުށި ފުލުހުންގެ އިމާރާތުގެ މަސައްކަތް ފިނިހަކަ ދުވެލީގައި ކުރިއަށް!

މ. ނާލާފުށީގައި ތަރައްޤީ ކުރަން ފަށާފައި ހުރި ފުލުހުންގެ އިމާރަތުގައި ކުރާނެ އިތުރު މަސައްކަތެއް ނެތުމުގެ ސަބަބުން މަސައްކަތް ކުރިއަށް ދަނީ ވަރަށް ލަސްލަހުން ކަމަށް އެ ރަށު ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ޒުހެއިދު ވިދާޅުވެއްޖެ އެވެ.

ގާނޫނީ ދަރިވަރުންގެ އިމްތިހާން ފިޒިކަލްކޮށް ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ހަމަޖައްސައިފައި އޮތް އޮތުން އަންނަ އަހަރަށް ފަސްކޮށްފި

މި ފެށޭ އޮގަސްޓު މަހުން ފެށިގެން ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާން ފިޒިކަލްކޮށް ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ހަމަޖައްސައިފައި އޮތް އޮތުން އަންނަ އަހަރަށް ފަސްކޮށްފި އެވެ.

މަސައްކަތް ފެށިގޮތަށް ހުއްޓާލާފައި އޮތް ގާދިއްފުށި ބަނދަރު ސަރަހައްދުން އުދައަރައި، ރަށަށް ބޮޑެތި ގެއްލުންތަކެއް

ތ. ގާދިއްފުށި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފެށިގޮތަށް ހުއްޓާލާފައި އޮތުމުގެ ސަބަބުން، އެ ރަށުގެ ބަނދަރު ސަރަހައްދުން އުދައަރައި ރަށުގެ އެކި ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އަހަރުގެ ފުރަތަމަ 6 މަސްދުވަހު މާލެ، ބްރިޖް އަދި ހައިވޭގައި 1،355 އެކްސިޑެންޓް، 2 މަރު، 1482 އުޅަނދަށް ގެއްލުން

މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި މާލެ، ބްރިޖް އަދި ހައިވޭގައި 1،355 އެކްސިޑެންޓް ހިނގާ، ދެމީހެއްގެ ފުރާނަ ގެއްލި، 1،482 އުޅަނދަށް ގެއްލުންވެއްޖެ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) ގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ ދައުރު ހަމަވާތީ އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފި އެވެ.

މަދްރަސަތުލް އިފްތިތާހްގައި މިސަރުކާރުން އަޅަން ނިންމި އައު ކްލާސްރޫމް އެޅުމަށް މިހާތަނަށް އެއްވެސް ގަލެއް ބާއްވާފައިނުވޭ

ޅ.ނައިފަރުގެ މަދްރަސަތުލް އިފްތިތާހްގައި މިސަރުކާރުން އަޅަން ނިންމި އައު ކްލާސްރޫމް އެޅުމަށްޓަކައި މިހާތަނަށް އެއްވެސް ގަލެއް ބާއްވާފައިނުވާކަން ހާމަވެއްޖެ އެވެ.

ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތައް ދިފާއު ކުރަން މުޅި ސަރުކާރު ނުކުންނަން ޖެހުމަކީ އެމަނިކުފާނަށް ގޯސްތަކެއް ހެއްދެވިފައިވާ ކަމުގެ ހެއްކެއް: ޣާލިބު

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުތައް ދިފާއު ކުރަން މުޅި ސަރުކާރު ނުކުންނަން ޖެހުމަކީ އެމަނިކުފާނަށް ގޯސްތަކެއް ހެއްދެވިފައިވާ ކަމުގެ ހެއްކެއް ކަމަށް މާލެސިޓީ ކައުންސިލްގެ ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޣާލިބު ވިދާޅުވެއްޖެ އ…

ކުރިއަށް 24 ގަޑިއިރު މޫސުން ގޯސް، ޚާއްސަކޮށް ކަނޑުދަތުރުކުރާ މީހުން މޫސުމަށް ސަމާލުވާން ޖެހޭ: އެމްއެންޑީއެފް

މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އާއްމުގޮތެއްގައި ވައިބާރުވެ، ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.

Loading fresh headlines…