ފިޗް ރޭޓިންގ މަތިވެގެން އުފާވެގެން އުޅޭވަރެއް އަދި ނުވޭ، ބީ އަށް ނާރަންޏާ އަދި ހަމަ ބޮލުގައި ފެންފޮތި އަޅައިގެން ތިބެންވީ: ޒަރިޔަންދު
ފިޗް ރޭޓިންގްސް އިން ދިވެހިރާއްޖޭގެ ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއަރ ޑިފޯލްޓް ރޭޓިންގް (އައި.ޑީ.އާރް) 'ސީ.ސީ' އިން 'ސީ.ސީ.ސީ މައިނަސް' އަށް މަތިކުރި ނަމަވެސް، އަދި އުފާވެގެން އުޅޭ ވަރު ނުވާ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.