Live 6,031 stories Updated Jul 21, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

މަތި ނުވާނެ ކަމަށް ބުނި ޑޮލަރުގެ އަގު 21.25 ރުފިޔާއަށްވުރެ މަތީގައި، ވިޔަފާރިވެރިންނާއި އާންމުންގެ ކަންބޮޑުވުން އިންތިހާއަށް

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މަތިނުވާނެ ކަމަށް މި ސަރުކާރުން ބުނަމުންދަނިކޮށް، ޑޮލަރެއްގެ އަގު 21.25 ރުފިޔާއަށްވުރެ މައްޗަށް އުފުލިއްޖެ އެވެ.

ފީފާ ވޯލްޑް ކަޕް 2026 - އުފާފާޅުކުރުން ފުލުހުން ލައްވައި މާކުރިން ކޮންޓްރޯލު ކުރުމަށްފަހު ސްޕެއިންގެ ކާމިޔާބީ މުޅި ރާއްޖޭގައި ވަނީ ވަރަށް އުފަލާއެކު ފާހަގަކޮށްފައި ކަމަށް އެ ގައުމުގެ ވެރިންނަށް ފޮނުވި މެސެޖުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެ

ސްޕެއިންގެ ޤައުމީ ފުޓުބޯޅަ ޓީމުން ފީފާ ވޯލްޑް ކަޕް 2026 ކާމިޔާބުކުރުމާ ގުޅިގެން، ސްޕެއިންގެ ރަސްގެފާނު ހިޒް މެޖަސްޓީ ފެލީޕޭ 6 ވަނައަށާއި، ސްޕެއިންގެ ބޮޑުވަޒީރު ޕޭދްރޯ ސަންޗެޘް ޕެރޭޘް-ކަސްތޭޚޯނަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެ އެވެ.

ފައިސާ އަނބުރާ ހޯދުމުގައި އެންމެ ބޮޑުތި ގޮންޖެހުންތަކެއް ހުންނަނީ ތާޑް ޕާޓީ ސްކޭމްތަކުގައި: މުޙައްމަދު ސަލީމް

ސްކޭމްތަކުގެ މައްސަލައިގައި ފައިސާ އަނބުރާ ހޯދުމުގައި އެންމެ ބޮޑުތި ގޮންޖެހުންތަކެއް ދިމާވަނީ ތިން ފަރާތެއް ހިމެނޭ 'ތާޑް ޕާޓީ' ސްކޭމްތަކުގައި ކަމަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

މާލޭ ސަރަހައްދުގައި ތަރައްގީކޮށްފައިވާ ޓަވަރުތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގިޔަސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅޭނެ އެއްވެސް ގޮތެއް ނެތް: ބޮންޑާ

މާލޭ ސަރަހައްދުގައި ތަރައްގީކޮށްފައިވާ ޓަވަރުތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގިޔަސް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.

ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވާތާ 3 ހަފުތާ

ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، ނޫސްވެރިންނާއެކު ބައްދަލުވުމެއް ނުބާއްވާތާ ތިން ހަފުތާވެއްޖެއެވެ.

އުތުރުގެ ރަށަކަށް ނިސްބަތްވާ ނުކުޅެދުންތެރިކަން ހުންނަ ހުނަރުވެރި ޒުވާނަކު ވަޒީފާއިން ވަކިކޮށްފި

އުތުރުގެ ރަށަކަށް ނިސްބަތްވާ ނުކުޅެދުންތެރިކަން ހުންނަ ހުނަރުވެރި ޒުވާނަކު ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ ވަޒީފާއިން ވަކިކުރުމާ ގުޅިގެން ޖެންޑަރ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އިފްހާމް ހުސައިން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރާއްޖެއަށް ކުރި ސްކޫލް ދަތުރެއްގައި ލޯންޗެއްގެ ބުރަފަތީގައި ޖެހި މަރުވި ސިންގަޕޫރު ދަރިވަރުގެ އާއިލާއިން، އެ ކުއްޖާ ކިޔަވަމުންދިޔަ ސްކޫލާ ދެކޮޅަށް އިހުމާލުގެ ދައުވާ ހައިކޯޓަށް ހުށަހަޅައިފި

2024 ވަނަ އަހަރު ރާއްޖެއަށް ތަޖުރިބާ ހޯދަން ކުރި ސްކޫލް ދަތުރެއްގެ ތެރޭގައި މަރުވި އަންހެން ކުއްޖެއްގެ އާއިލާއިން، އެ ކުއްޖާ ކިޔަވަމުންދިޔަ ސެއިންޓް ޖޯސެފްސް އިންސްޓިޓިއުޝަން އިންޓަރނޭޝަނަލް (އެސް.ޖޭ.އައި.އައި) އާ ދެކޮޅަށް އިހުމާލުގެ ދައުވާ އެ ގައުމުގެ ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށް އެ އާއިލާގެ ވަ…

ބާރަށު ކައުންސިލުން 2022 ވަނަ އަހަރުގެ މާލީ ބަޔާނުގައި 2021 ވަނަ އަހަރުގެ މާލީ މައުލޫމާތު ފުރިހަމައެއް ނުކުރޭ: އޮޑިޓް އޮފީސް

ހއ. ބާރަށު ކައުންސިލްގެ އިދާރާގެ 2022 ވަނަ އަހަރުގެ މާލީ ބަޔާނުގައި، 2021 ވަނަ އަހަރުގެ މާލީ މައުލޫމާތުތައް ނުވަތަ ކޮމްޕެރެޓިވް އިންފޮމޭޝަން ފުރިހަމައަށް ހިމަނާފައިނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

Loading fresh headlines…