Live 6,030 stories Updated Sep 11, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފި ކަމަށް ރައީސް އޮފީހުން ހަމަކޮށްފި އެވެ. މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ވަޑައިގަންނަވާނީ މިހިނގާ ސެޕްޓެން…

ގާނާގެ ރައްޔިތުންނަށް ވިސާއާ ނުލައި ރާއްޖެއަށް ދަތުރުކުރެވޭ ގޮތް ހަދައިފި

ގާނާ އާއި ދިވެހިރާއްޖެ، ޒެމްބިއާ އަދި އެންޓީގުއާ އެންޑް ބާބިއުޑާއާ ދެމެދު ވެފައިވާ ވިސާ ލުއިކުރުމުގެ އެއްބަސްވުންތައް ތަސްދީގުކޮށް އަމަލުކުރަން ފެށުމާ ގުޅިގެން، ގާނާގެ ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކަށް މީގެ ފަހުން އެންޓްރީ ވިސާއަކާ ނުލައި މި ތިން ގައުމަށް ދަތުރުކުރެވޭނެ އެވެ.

ބްރިޖުގެ އޮނިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވޭ، ނަމަވެސް ބްރިޖުގެ ބޭރު ފަށަލައަށް ކުދިކުދި ގެއްލުންތަކެއް ލިބުނު: މިނިސްޓަރު މުއްތަލިބު

ޓަގު ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި ބްރިޖުގެ އޮނިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށާއި، ނަމަވެސް ބްރިޖުގެ ބޭރު ފަށަލައަށް ކުދިކުދި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ފެނަކަ އަދި އާރުޑީސީ އުވާލައިގެން ސަރުކާރުގެ ހަރަދު ކުޑައެއް ނުވާނެ: މެންބަރު ޒިޔާދު

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އުވާލައިގެން ސަރުކާރުގެ ހަރަދު ކުޑައެއް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ.

އިހުތިރާމު ލިބިގަތުމަށްޓަކައި ފުރަތަމަ ވެރިން އިހުތިރާމު ކުރަން ޖެހޭ: އަލީ ހުސެއިން

މުޖުތަމައުގައި އިހުތިރާމު ލިބިގަންނަން އެދޭނަމަ، އެންމެ ފުރަތަމަ އިހުތިރާމު ކުރަން ދަސްކުރަންޖެހޭނީ ވެރިކަމުގައި ތިއްބެވި ބޭފުޅުން ކަމަށާއި، މި ސިފަ އަށަގަންނުވަން ފަށަންޖެހެނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކިބައިން ކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޤާނޫނީ ވަކީލު އަލީ ހުސެއިނ…

ސިނަމާލެ ބްރިޖުގެ ތަނބަށް އުރުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް 2 ބޯޓު: ބްރިޖާއި ފަރަށް ލިބުނު ގެއްލުންތައް ބަލަން ފަށައިފި

ބުރާސްފަތި ދުވަހުގެރޭ މާލެއަށް ކުރި ގަދަ ވިއްސާރައިގައި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ތެޔޮ އުފުލާ ބާޖަކާއި ޓަގު ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހިފައިވާއިރު، މި ހާދިސާއާ ގުޅިގެން ބްރިޖަށް ލިބުނު ގެއްލުންތައް ބެލުމުގެ މަސައްކަތް ފަށައިފި އެވެ.

ނުއަގުގައި ހުޅުމާލޭން ގޯތި ވިއްކިޔަސް، އެ މުއާމަލާތް ހުއްޓާލާކަށް އޭސީސީއިން އަދިވެސް ނާނގާ!

ކުޑަ އަގެއްގަ ބިމެއް ވިއްކިކަން ފަޅާއަރާފައިވާއިރު، އެ މުއާމަލާތް ހުއްޓުވަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާތަނަށް ވެސް އަންގާފައިނުވާކަން ހާމަވެއްޖެ އެވެ.

މޫސުން ގޯސްވާތީ ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި

ރާއްޖޭގެ މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެތީ ކަނޑުމަގުން ދަތުރުފަތުރުކުރާ ފަރާތްތަކުން ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފި އެވެ.

އިންޖިނިއަރސް އެވޯޑް 2026: ލައިފްޓައިމް އެޗީވްމަންޓް އެވޯޑް 3 ބޭފުޅަކަށް، އިންޖިނިއަރ އޮފް ދަ އިޔަރ ޑރ. ފުރުޤާންއަށް!

ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރު ވެސް ފާހަގަކޮށްލެވޭ ލާމަސީލު ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ އިންޖިނޭރުންގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ދިވެހި ސަރުކާރުން ދެއްވާ "އިންޖިނިއަރސް އެވޯޑް 2026" ރަސްމިއްޔާތު، ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވައިފި އެ…

ރައީސް މުއިއްޒު އަކީ އައު ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން، އެ ޤާނޫނު ބޮލާލައި ޖެއްސެވި ފުރަތަމަ ރައީސް: ޔާމީން

ދިވެހިރާއްޖޭގައި 2008 ވަނަ އަހަރު އައު ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި ފަހުން، އެ ގާނޫނު އަސާސީއާ މުޅިން ޚިލާފުވެވަޑައިގެން އެ ބޮލާލައި ޖެއްސެވި ފުރަތަމަ ރައީސަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

Loading fresh headlines…