އެމްޑީޕީ ޕްރައިމަރީ: ފެހެންދޫގައި އެއްވަރުވި އިންތިޚާބުގެ ވޯޓުލުން އަލުން ބާއްވަނީ
ކައުންސިލު އަދި ޑަބްލިޔުޑީސީ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި އެއްވަރުވި ބ. ފެހެންދޫގެ ކައުންސިލް މެންބަރ ހޮވުމަށް ބޭއްވި އިންތިޙާބުގައި ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވެފައިވާތީ އަލުން ވޯޓުލުން ބޭއްވުމަށް އެމްޑީޕީން އިއުލާންކޮށްފިއެވެ.