Live 355,670 stories Updated Jan 19, 2026
Browse topics All stories

Latest stories

Live feed

ފްލެޓާއި ގޯއްޗަށް 1 ދުވަސްތެރޭ 500އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅައިފި

ބޯހިޔާވަހިކަމުގެ ސްކީމަށް އެދި މިހާތަނަށް 500އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފަވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެވުޒާރާއިން ހާމަކުރި މަޢުލޫމާތަށް ބަލާއިރު މިހާތަނަށް ފްލެޓަށް އެދި 399 މީހުން ވަނީ ފޯމު ހުށަހަޅާފައެވެ. އަދި ގޯއްޗަށް އެދި 119 މީހުނ…

ބޭނުންވަނީ ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ކަންކަމަށް ހުރަސްނާޅާ ވެރިން: ނައިބު ރައީސް

ރައްޔިތުން އިޚްތިޔާރު ކުރަންވީ ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ކަންކަމަށް ހުރަސްނާޅާ ވެރިންތަކެއް ކަމަށް، ރައީސުލްޖުމްހޫރިއްޔާ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވާ ސްޕީޑުގައި މަސައްކަތް ކުރެވޭނެ ވެރިންތަކެއް ހޮވުމ…

މިއޮތީ ސައިކަލް "ކާރިސާ"އެއް، ހައްލެއް ގެނެވޭނެ؟

ހޮޓެލް ބާސެލޯ އިން އެއް ނަންބަރު ޖެޓީ ސަރަހައްދާ ދިމާލަށް ހެނދުނު އޮފީހަށް ދާ ވަގުތު ނުކުންނަ މީހަކަށް މާލޭގެ "ސައިކަލް ކާރިސާ"ގެ ކުޑަ މިންވަރެއް ފެންނާނެ އެވެ. ހާއްސަކޮށްފައިވާ ސައިކަލް ޕާކިން އޭރިއާ ފުރިބާރުވެފައިވާ އިރު، ކޮންމެ އޮފީހެއްގެ ދޮރުމައްޗަށް ފުންޏަކަށް ސައިކަލްތައް ޕާކުކޮށްފައި ހުރެ އެވ…

ކޯޓުގެ ސާވާ ހަލާކުވެފައިވާ ކަމަށް ބުނެ ބަންދުން ދޫކޮށްލަން ނެރުނު އަމުރެއް ބާތިލްކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރުކުރި މީހަކު، ކޯޓުގެ ސިސްޓަމަށް ދިމާވެފައިވާ މައްސަލައަކާ ގުޅިގެން ޝަރީއަތް ހިންގަން ދަތިވެފައިވާ ކަމަށް ބުނެ ބަންދުން ދޫކޮށްލަން ނެރެނު އަމުރެއް ހައި ކޯޓުން ބާތިލްކޮށްފި އެވެ.

އެސްޓީއޯއަށް އަސާސީ 23 ބާވަތެއް ވިއްކުމަށް އެޖެންޓުން ހޯދަނީ

ބާޒާރުގައި ތަކެތީގެ އަގު ހިފެހެއްޓުމަށާއި، އަސާސީ މުދާ ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، އެސްޓީއޯއިން އެތެރެކުރާ އަސާސީ މުދަލުގެ ބާވަތްތައް އަތޮޅުތެރޭގެ ރަށްތަކުގައި ވިއްކާނެ އޭޖެންޓުން ހޯދުމަށް އިއުލާންކޮށްފިއެވެ.

ޓްރަމްޕްގެ ޞުލްޙައިގެ ބޯޑު ދައުވަތަށް މިހާތަނަށް މަރުހަބާ ކީ އެެންމެ ޤައުމަކުން

އދގެ މަސައްކަތަށް ބުރޫ އަރާފާނެ ކަމަށް ބުނެ، ޣައްޒާގެ ހިންގުމާ ޙަވާލުވުމަށް އެމެރިކާއިން އެކުލަވާލައި ޞުލްޙައިގެ ބޯޑާމެދު ޤައުމުތަކުން ނުތަނަވަސްކަން ފާޅުކޮށްފިއެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހު ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަން ފެށި އެއްބ…

ޕިކްނިކް އައިލެންޑް ތަރައްގީކުރަން ކޮންސަލްޓެންސީ ހޯދަނީ

ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕިކްނިކް ދިއުމަށް ޚާއްޞަ ރަށެއް ތަރައްޤީކުރުމަށް "ޕިކްނިކް އައިލެންޑް ޑިވަލޮޕްމަންޓް ޕްރޮޖެކްޓް" ކޮންސަލްޓަންސީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް އިޢުލާންކޮށްފިއެވެ.

ދިރާސީ އަހަރަށް ކިޔެވުން ފަށާއިރު މުދައްރިސުންގެ ދަތިކަމެއް ނެތް: ވަޒީރު

ދިރާސީ އައު އަހަރަށް މުދައްރިސުން ހަމަޖެއްސުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށް ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. ތަޢުލީމީ ވުޒާރާއިން މިހާރު ކުރިއަށްގެންދަނީ ދިރާސާ އައު އަހަރަށް ކިޔަވަން ފެށުމުގެ އެންމެ ފަހުގެ…

Loading fresh headlines…