ބްރިޖަށް ގެއްލުމެއް ނުލިބި ނުރައްކާތެރި ކާރިސާއަކުން ސަލާމަތްވީ ހަމަ ކިރިޔާ: މުއްތަލިބް
މާލެ ކައިރީގައި އަޅާފައި އޮތް ދެ ބޯޓު އޮޔާ ގޮސް ރޭ ހިނގި ހާދިސާގައި ސިނަމާލެ ބްރިޖަށް ގެއްލުމެއް ނުލިބި ނުރައްކާތެރި ކާރިސާއަކުން ސަލާމަތްވީ ހަމަ ކިރިޔާ ކަމަށް އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.