ޔޫއޭއީގެ ޝާރްޖާގެ ސަރުކާރު މުވައްޒަފުންނަށް ލިވިން އެލަވަސްގެ ގޮތުގައި 84،000ރ. އާ އެއްވަރުގެ އަދަދެއް ދެނީ
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސުޕްރީމް ކައުންސިލްގެ މެންބަރު އަދި ޝާރުޖާގެ ވެރިޔާ ޝައިހް ޑރ. ސުލްތާން ބިން މުހައްމަދު އަލް ގާސިމީ ޝާރުޖާ ސަރުކާރުގެ މުވައްޒަފުންގެ ލިވިން އެލަވަންސް މަހަކު 20,000 ދިރްހަމް (83,900ރ.) އަށް މަތިކުރަން ނިންމަވައިފި އެވެ.