Live 13,985 stories Updated Nov 5, 2026
Showing: PSM
Browse topics PSM

PSM

Live feed

ޔޫތު އޮލިމްޕިކްސް: ތަޒްކިޔާ ޤައުމީ ރިކޯޑް އައުކޮށްފި

ސެނެގާލްގެ ޑާކާގައި ކުރިއަށްދާ ޔޫތު އޮލިމްޕިކްސް 2026 ގެ 50 މީޓަރު އަންހެނުންގެ ބަޓަފްލައި އިވެންޓުން ރާއްޖޭގެ ގައުމީ ރެކޯޑު އައުކޮށް، އަމްނާ ތަޒްކިޔާ މިރުސާދު ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ. މި އިވެންޓުން ތަޒްކިޔާ ޤައުމީ ރިކޯޑް އައުކުރީ މީ 31.04 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. މި އިވެންޓުން ޖުމްލަ 40 ފެތުންތެރިންނާ ވާދަކޮށް ތަޒްކިޔާވަނީ 27 ވަނަ ހޯދާ ރަނގަޅު ކުރިއެރުމެއް ހޯދާފައެވެ. 50 މީޓަރު އަންހެނުންގެ ބަޓަފްލައި އިވެންޓުގެ ރެކޯޑް މީގެ ކުރިން ތަޒްކިޔާ ހަދާފައިވާ ޓައިމިންއަކީ 31.24 ސިކުނ…

އެމެރިކާއިން އީރާނާ ދެކޮޅަށް ގެންގުޅޭ އަދާވާތްތެރިކަމަށް ބަދަލެއް ނާންނާނެ

އެމެރިކާގެ ސިޔާސީވެރިން ބަދަލުވި ނަމަވެސް އަދި އެމެރިކާ ހިތްހަމަޖެހޭ ފަދަ ގޮތަކަށް އީރާނުން އެ ގައުމަށް ދޫ ދީން ނަމަވެސް، އީރާނާމެދު އެމެރިކާއިން ގެންގުޅޭ އަދާވާތްތެރި ކަމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އީރާނުގެ އެންމެ އިސްވެރިޔާ މުޖުޠަބާ ޚާމަނާއީ ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވީ އެމެރިކާގެ މެދު ދައުރުގެ އިންތިހާބުގައި ރިޕަބްލިކަނުންގެ މައްޗަށް ޑިމޮކްރަޓުން ކުރި ހޯދުމާ ގުޅިގެންނެވެ. ޚާމަނާއީ ވިދާޅުވީ އެމެރިކާއިން އީރާނާ މެދު އަމަލުކުރާ ގޮތަށް ބަދަލެއް އަތުވެދާނެ ކަމަށް ގަބޫލުކުރުން ވ…

އެމެރިކާގެ މާލީ އެހީ ކަނޑާލުމުން ޔަހޫދީންނަށް ހައިރާންކަން

އަހަރަކު 3.8 ބިލިޔަން ޑޮލަރުގެ އެމެރިކާގެ އަސްކަރީ އެހީ މި އަހަރު ނިމުމުގެ ކުރިން ކަނޑާލާނެކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރެއްވުމާ ގުޅިގެން، ޔަހޫދީ ދިފާއީ ވުޒާރާއަށާއި އަސްކަރިއްޔާއަށް ބޮޑު ސިހުމެއް ލިބި، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ސިޔާސީ ގޮތުން ބޮޑެ ހާސްކަމަކާއި ކުރިމަތިލާން ޖެހިއްޖެއެވެ. އިދިކޮޅު އިސް ލީޑަރެއް ކަމަށްވާ ގަދީ އައިޒެންކޮޓް ވިދާޅުވީ، ދިފާއީ ގޮތުން ނިންމާ މިފަދަ ނާޒުކު އަދި ބޮޑު ނިންމުމެއްގެ މައުލޫމާތު މީޑިއާގެ ޒަރީއާއިން އިދާރާތަކަށް އެނގެން ޖެހުމަކީ ޤައުމީ ސަލާ…

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ރިޓަޔަރކުރައްވާތީ އެމަޤާމަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ރިޓަޔަރކުރެއްވުމަށް ނިންމެވުމާއި ގުޅިގެން އެކޯޓުގެ ފަނޑިޔާރުކަމަށް ހުޅުވާލައިފިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ވިދާޅުވީ 01 ޑިސެންބަރު ފެށިގެން ޝަރަފުވެރިކަމާއެކު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން މަޤާމުން ރިޓަޔަރކުރެއްވުމަށް އެދިވަޑައިގެންފައިވާތީ، ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދު ގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެދިވަޑައިގެންނެވި ގޮތަށް ފަނޑިޔާރޔުކަމުން ޝަރަފުވެރިކަމާއިއެކު ރިޓަޔަރކޮށްދެއްވުމަށް އެކޮމިޝަނުން …

ހޫޘީންނާ ދެކޮޅަށް ޔަމަނުގެ އަސްކަރިއްޔާއިން 1208 ހަމަލާ

ޔަމަނުގެ އަސްކަރިއްޔާއިން 1،208 ހަމަލާތަކެއް ހިންގައިފިއެވެ. ޔަމަނުގެ ރަސްމީ އަސްކަރިއްޔާއިން ހިންގި 1،208 ހަމަލާތަކުގައި، ހޫޘީ ހަނގުރާމަވެރި ޖަމާއަތުގެ އިސް 370 ކޮމާންޑަރުންނާއި ގިނަ އަދަދެއްގެ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް އެ ޤައުމުގެ ދިފާއީ ބާރުތަކުން ހާމަކޮށްފިއެވެ. ޔަމަނުގެ އަސްކަރިއްޔާއިން މައުލޫމާތު ދީފައިވާ ގޮތުގައި، 'އޮޕަރޭޝަން ޑޯން އޮފް ޔަމަން' ގެ ނަމުގައި ކުރިއަށްގެންދާ މި ޚާއްޞަ އަސްކަރީ ޙަރަކާތްތަކުގައި، ހަނގުރާމަމަތީ މަތިންދާބޯޓާއި، ޑްރޯންގެ އިތުރުން ފީލްޑް އާޓިލަރީ އަދި ރޮކެ…

ޢައްޒާގައި ކުނި ނައްތާލުމަށް ޔަހޫދީން ހުރަސްއަޅަނީ

ޔަހޫދީ ޒަޔަނިސްޓުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ޣައްޒާގައި ކުނި އުކާލުމުގެ ނިޒާމު ހުއްޓި، އާންމު ސިއްހަތަށް ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އދ. އިން އިންޒާރުދީފިއެވެ. އދގެ ތަރުޖަމާނު ސްޓެފަން ޑުޖަރިކް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކުނި އުކާލުމުގެ ހިދުމަތްދޭ އުޅަނދުތަކުގެ ތެރެއިން މިހާރު ބޭނުންކުރެވެނީ އެންމެ ތިންބައިކުޅަ އެއްބައި އުޅަނދު ކަމަށެވެ. މިކަން މިގޮތަށް ދިމާވީ އެ އުޅަނދުތައް މަރާމާތުކޮށް ހިންގުމަށް ބޭނުންވާ އިންޖީނު ތެލާއި ސްޕެއ…

"ބޭރުގެ ޓުއަރ އޮޕަރޭޓަރުންގެ ޓެކްސް އުސޫލަށް 2 ހަފުތާތެރޭގައި ބަދަލު ގެންނާނެ"

ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޓީޖީއެސްޓީ ނެގުން ލާޒިމުކުރުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި ބަދަލު އުނިކޮށް، ކުރިއަށް އޮތް 2 ހަފުތާގެ ތެރޭގައި މަޖިލީހުން ނިންމާނެކަމަށް ފަތުރުވެރިކަމާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ޑަބްލިއުޓީއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ބޮޑަށް އަލިއަޅުއްވާލައްވާފައިވަނީ، ސަރުކާރުން ނަގަން ނިންމި ޓީޖީއެސްޓީ ޑެސްޓިނޭޝަން ޕްރިންސިޕަލް އުނިކުރަން ނިންމުމާ ގުޅޭގޮތުންނެވެ. ފަތުރުވެރިކަމާއި ދަތުރުފ…

"އިތުބާރު އޮތްކަމަށް ނިންމުމުން ހާމަވަނީ ސިޔާސަތުތަކަށް ރައްޔިތުން ކުރާ އިތުބާރު"

އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުބާރު އޮތްކަމަށް މަޖިލީހުން ނިންމެވުމުން އަންގައިދެނީ، މި ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ޔަޤީންކަންކަމަށް ވަޒީރު ސަޢީދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖެ ބަނގުރޫޓު ވިޔަނުދީ ސަލާމަތް ކުރެވުނީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅުގެ ސަބަބުން ކަމަށެވެ. ރާއްޖޭގެ އިޤުތިޞާދުގެ ރޭޓިން މަތިކުރައްވާ، މާލީ އިތުބާރު އިޔާދަ ކޮށްދެއްވުމާއި،…

ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޓީމު ފުރައިފި

ބުރާސްފަތި ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ސީނިއަރ ޤައުމީ ޓީމު ބަންގްލަދޭޝަށް ފުރައިފިއެވެ. ނޮވެމްބަރު 17ގެ ނިޔަލަށް ކުރިއަށްދާ މުބާރާތަށް ޑާކާ އަށް ދިޔަ ފަހު ޤައުމަކީ ދިވެހިރާއްޖެއެވެ. މުބާރާތަށް ރާއްޖެއިން 23 ކުޅުންތެރިންގެ ސްކޮޑެއް ބަންގްލްދޭޝްއަށް ފުރިއިރު ޓީމުގައި އެންމެ ގިނައީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކުޅުންތެރިންނެވެ. ޤައުމީ ޓީމު ބަންގްލަދޭޝްއަށް ފުރުން. ފޮޓޯ: ޕީއެސްއެމް ނިއުސް މުބާރާތަށް ތައްޔާރުވުމަށް 24 ކުޅުންތެރިންގެ ސްކޮޑަކާއިއެކު ރާއްޖެއިން އިންޑޮނ…

ހޮނިހިރުދުވަހުން ފެށިގެން ކައްކާ ގޭސް އަޅައިދޭ މިންވަރަށް ބަދަލު ގެންނަނީ

ކައްކަން ބޭނުންކުރާ ގޭސް ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރަށް؛ 7 ނޮވެންބަރުން ފެށިގެން ވަގުތީ ބަދަލެއް ގެނައުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ގޭސްއިން ވިދާޅުވެއްޖެެއެވެ. މިމަހުގެ 7ވަނަ ދުވަހުން ފެށިގެން ގޭސްއަޅައިދޭ މިންވަރަށް ގެންނަ ބަދަލުގައި، މީގެ ކުރިން 10 ކިލޯގެ ގޭސް ފުޅިއަށް އަޅަމުންދިޔަ މިންވަރު 7 ކިލޯއަށް ބަދަލުކުރުމަށްވަނީ ނިންމާފައެވެ. އަދި 22 ކިލޯގެ ގޭސް ފުޅިއަށް އަޅައިދޭ މިންވަރު 14 ކިލޯއަށް، 45 ކިލޯގެ ފުޅިއަކަށް އަޅައިދޭ މިންވަރު 31 ކިލޯއަށް ބަދަލުކުރުމަށްވަނީ ނިންމާފައެވެ. މި ބަދަ…

ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ސަލީމް، ނައިބަކަށް ފަޒާދު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ވަގުތީ ކޮމިޓީގެ މުޤައްރިރަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ސަލީމް މި އަހަރުވެސް ހޮވައިފިއެވެ. މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މުޤައްރިރަކަށް ސަލީމް އައްޔަންކުރަން ހުށަހަޅުއްވާފައިވަނީ، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހުއެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. އަދި ސަލީމް ކޮމިޓީގެ މުޤައްރިރަކަށް އައްޔަންކުރުމަށް ކޮމިޓީގެ ހުރިހާ މެމްބަރ…

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ، ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ސީއެސްއާރުގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ދިރާގުން ވިދާޅުވީ، މި ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުން ކަމަށެވެ. އަދި މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް އެކި ތަމްރީނު ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން ދިރާގުގެ އެނަލިޓިކ…

Loading fresh headlines…