ޓްރަމްޕްގެ ހަނގުރާމައިގެ އިންޒާރާއެކު ގަލްފުގެ ޤައުމުތަކަށް ނުތަނަވަސްކަން
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް އީރާނަށް އަސްކަރީ ހަމަލާތައް ދޭނެކަމުގެ އިންޒާރު ދެއްވުމާ ގުޅިގެން، އަރަބި ގަލްފުގެ ސަރަހައްދީ ނުތަނަވަސްކަން އިތުރަށް ގޯސްވެއްޖެއެވެ. އީރާނަށް އަނެއްކާވެސް ހަމަލާއެއް ދީފިނަމަ، އެ ސަރަހައްދުގައި ގާއިމުވެތިބި އެމެރިކާގެ ސިފައިންނާއި، އެ މީހުން ތިބޭ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވާ ގަލްފުގެ ގައުމުތަކަކީ އީރާނުގެ ބަދަލުހިފުމުގެ އަމާޒަކަށް ވެގެންދާނެކަމުގެ ބިރުވެރިކަން މިހާރު ވަނީ އުފެދިފައެވެ. ބަޙްރައިންގައި ބޭއްވުނު އަހަރީ ސަލާމަތީ ބައްދަލުވު…