Live 4,783 stories Updated Jun 11, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ރައްޔިތުން ވޯޓަށް ޒިންމާދާރުވާން ޖެހޭ، ޒިންމާދާރުނުވާ ނަމަ ވެރިން ނާޖާއިޒު ފައިދާ ނަގާނެ: ސައުދު

ރައްޔިތުން ވޯޓަށް ޒިންމާދާރުވާން ޖެހޭ ކަމަށާއި، ޒިންމާދާރުނުވާ ނަމަ ވެރިން ނާޖާއިޒް ފައިދާ ނަގާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ކުރީގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެ އެވެ.

ޝުހާދު މަރާލި މައްސަލަ: އޭނާގެ މަންމައާއި ބައްޕަވެސް ބޭނުންވަނީ މަރަށް މަރު ހިފަން

ޏ. ފުވައްމުލަކުގައި 2010 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި އެރަށު އަބްދުﷲ ޝުހާދު މަރާލިކަމުގެ ދައުވާ ލިބުނު ހަސަން ފަރީދުގެ މައްޗަށް މަރަށް މަރު ހިފަން ބޭނުންވާކަމަށް އޭނާގެ އާއިލާއިން ކޯޓުގައި ބުނެފިއެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ލޯންޗުގައި ޑިއުޓީގައި ހުރި އޮފިސަރަކު ގެއްލިގެން ހޯދަނިކޮށް ފެނުނީ މޫދުއަޑީގައި މަރުވެފައި ވަނބިކޮށް!

ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުންދިޔަ ފުލުހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، މޫދު އަޑިން މަރުވެފައި ވަނިކޮށް ފެނިއްޖެއެވެ.

އެމްޑީޕީއަކީ ހަމައަކާއި ސިޔާސަތެއް އޮންނަ ޕާޓީއެއް، މިއީ ބަޔަކު ބޭނުންވާއިރަށް ރޫޅާފައި ރާވަން އޮންނަ ޕާޓީއެއް ނޫން: މައުރޫފް

އެމްޑީޕީއަކީ ހަމައަކާއި ސިޔާސަތެއް އޮންނަ ޕާޓީއެއް ކަމަށާއި، މިއީ ބަޔަކު ބޭނުންވާއިރަށް ރޫޅާފައި ރާވަން އޮންނަ ޕާޓީއެއް ނޫންކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ވަކި ފަރުދެއްގެ މައްޗަށް ބިނާވެފައިވާ ސިޔާސީ އުސޫލުތައް ދޫކޮށްލަންޖެހޭ: ޝައުނާ

އެމްޑީޕީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ވަކި ފަރުދެއްގެ މައްޗަށް ބިނާވެފައިވާ ސިޔާސީ އުސޫލުތައް ދޫކޮށްލަންޖެހޭ ކަމަށް ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

މި ކުރާ ހަމައެކަނި މަސައްކަތަކީ ދެހާސް އަށާވީހާ ހަމައަށް ދާއިރު މި ޕާޓީގެ ސަފުތައް އެކުވެރިކަމާއެކީ، އެއްބައިވަންތަކަމާއެކީ އެކުއެކީ ބޭއްވުމުގެ މަސައްކަތް: މީކާއިލް

އެންމެ ބޮޑު އަމާޒަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ހަމައަށް ދާއިރު ޕާޓީގެ ސަފުތައް އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ބޭއްވުން ކަމަށް އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް މަރުހަބާ ދަންނަވަން އެއަރޕޯޓަށް ދިޔަ، މިފްކޯގެ 7 މުވައްޒަފަކު ސަސްޕެންޑް ކޮށްފީ

އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަގާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ދެންނެވުމަށް ގއ. ކޫއްޑޫ އެއާޕޯޓަށް ދިޔަ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ހަތް މުވައްޒަފަކު ވަޒީފާ އިން ސަސްޕެންޑް ކޮށްފި އެވެ.

ޕާކިސްތާނުން އަފްޣާން ބޯޑަރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި

ޕާކިސްތާނާއި އަފްޣާނިސްތާނު ގުޅޭ ބޯޑަރު ސަރަހައްދަށް ޕާކިސްތާނުން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. މިއީ ހަމަނުޖެހުން ބޮޑު އެ ސަރަހައްދުގައި ފާއިތުވި މަސްތަކުގައި އޮތް ހަމަހިމޭންކަމަށްފަހު ދިން ފުރަތަމަ ހަމަލާތަކެވެ.

ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުރިހާ ރަަށަކަށް ވޯޓު ފޮށިތައް ފޮނުވޭނޭ: އެމްޑީޕީ

އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގެ ހުރިހާ ވޯޓު ފޮއްޓެއް ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުރިހާ ރަށަކަށް ފޮނުވައި ނިންމާލެވޭނެ ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.

Loading fresh headlines…