Live 4,787 stories Updated Jun 6, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ދަރަނި ދައްކަން ޖެހޭނީ ރައްޔިތުން ނިކަމެތި ނުކޮށް، ރައްޔިތުންގެ ތަނަވަސްކަން އިތުރުކޮށްގެން: ކުރީގެ ރައީސް ނަޝީދު

ރާއްޖޭގައި އުފެދިފައިވާ ބޮޑު ދަރަނި އަނބުރާ ދައްކަން ޖެހޭއިރު، ރައްޔިތުން ނިކަމެތި ނުކޮށް ދަރަނި ދައްކަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިޓަލީގެ ރައީސް ފިންލޭންޑުގެ ފީނުންތެރިންނަށް ޝަރަފު އަރުވައިފި

ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ހޮހަޅައެއްގެ ތެރޭގައި ތާށިވެ މަރުވި އިޓަލީގެ ހަތަރު ފީނުންތެރިއެއްގެ ހަށިގަނޑު ނެގުމުގައި އެހީތެރިވި ފިންލޭންޑުގެ ތިން ފީނުންތެރިއަކަށް ޝަރަފުގެ އިއްޒަތް އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ އަރުވައިފިއެވެ.

ކެލާއަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި އެއްވެސް ވައުދެއް މިހާތަނަށް ފުއްދާފައެއް ނުވޭ: ކުރީގެ މެންބަރު ޝަރީފް

ހއ.ކެލާއަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި އެއްވެސް ވައުދެއް މިހާތަނަށް ފުއްދާފައިނުވާ ކަމަށް ރައްޔިތުން މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން ޚަރަދު ކުޑަކުރަން ސީރިއަސް މަސައްކަތެއް ނުކުރޭ، މިއީ އެންމެ އިވެންޓު ގިނަ ސަރުކާރު: ޝަމްހީދު

މި ސަރުކާރުން ޚަރަދު ކުޑަކުރަން ސީރިއަސް މަސައްކަތެއް ނުކުރާ ކަމަށާ މިއީ އެންމެ ގިނައިން އިވެންޓު ބާއްވާ ސަރުކާރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

މިހާރު ބޭސް ލިބޭ، ނުލިބެނީ ފަރުވާ: ޒިޔާދު

ބޭސް ފިހާރައަށް ދިއުމުން ބޭސް ލިބޭ ކަމަށާ ނަމަވެސް ނުލިބެނީ ފަރުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ފައިސާ ދީގެން ވާހަކަ ކިޔާވަހަކަ ދައްކަން ރައީސް މުއިއްޒު ލަދުގަންނަންޖެހޭ: ޕާޕާ

އިދިކޮޅު ފަރާތްތަކުން ފައިސާ ދީގެން ދޮގު ވާހަކަ ފަތުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވިދާޅުވުމަށް އެމްއެންޑީއެފް މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒް (ޕާޕާ) ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ 31 ގައި ދޭން ބުނި މުސާރަ އަދިވެސް ވެމްކޯގެ ބައެއް މުވައްޒަފުންނަށް ނުދޭ!

ނިމުނު މެއި މަހުގެ މުސާރަ އާއި އިނާޔަތްތައް ޖަމާކުރަން ފަށާނީ މި މަހުގެ 28 ވާ ބުރާސްފަތި ދުވަހުން ފެށިގެން އެ މަހުގެ 31 ވަނަ ދުވަހާ ހަމައަށް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނި ނަމަވެސް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ބައެއް މުވައްޒަފުންނަށް މެއި މަހުގެ މުސާރަ އަދިވެސް ނުދޭކަން ހާ…

ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުން ނާޒިމް ސަސްޕެންޑުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދުރުކުރި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ދިއްގަރު ދާއިރާ ރައީސްގެ މަގާމުން ސަސްޕެންޑުކޮށްފި އެވެ.

ބިދޭސީއަކު ރާއްޖޭގައި، އޭނާ ގެ އަނބިމީހާ ބަންދުކޮށް ހަށިވިއްކުމުގެ ވިޔަފާރި ކުރުވުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފި

ދިވެހިރާއްޖޭގައި ބިދޭސީއަކު، އޭނާ ގެ އަނބިމީހާ ބަންދުކޮށް ހަށިވިއްކުމުގެ ވިޔަފާރި ކުރުވުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.

Loading fresh headlines…