Live 4,787 stories Updated Jun 3, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ފުލުހުންގެ އިންޓެލިޖެންސްގެ ނަން ބަދަލު ކުރި ގޮތް ގޯސް، ރާއްޖޭގެ ސަލާމަތީ އޮނިގަނޑާ މެދު ނުބައި ތަސައްވުރެއް އުފެދިދާނެ: ހަމީދު

ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ނަން "ނެޝަނަލް އިންޓެލިޖެންސް ސަރވިސް" ގެ ނަމަށް ބަދަލުކުރުމަށް ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މި އޮފީހުން މިއަހަރު ކުރަން ރާވާފައިވާ މަސައްކަތްތަކަށް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އަންދާޒާކުރެވޭ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަހަރު ކުރަން ރާވާފައިވާ މަސައްކަތްތަކަށް ޖުމުލަ 15 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އަންދާޒާ ކުރެވޭކަމަށް އެ އޮފީހުން ބުނެފިއެވެ.

މިއަހަރު ރައީސް އޮފީހަށް އާންމުންގެ ފަރާތުން 500އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފި، ބޯހިޔާވަހިކަމާއި ތަރައްޤީއާ ގުޅޭ ޝަކުވާވެސް ހިމެނޭ!

މިއަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޭ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އާންމު ފަރާތްތަކުން ޖުމުލަ 546 ޝަކުވާއެއް ހުށަހަޅާފައިވާކަން އެ އޮފީހުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

ޑިފެންސް މިނިސްޓަރު ފަދަ މުހިއްމު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކުއްލި ގޮތަކަށް ވަކިކުރާއިރު އެކަށީގެންވާ ސަބަބުތަކެއް ދައްކަންވާނެ: އަލީ ހުސައިން

ޑިފެންސް މިނިސްޓަރު ފަދަ ދައުލަތުގެ މުހިއްމު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކުއްލި ގޮތަކަށް މަގާމުން ވަކިކުރާއިރު އެކަށީގެންވާ ސަބަބުތަކެއް އޮންނަންވާނެ ކަމަށް ޤާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ޒިންމާދާރު އޮޕޮޒިޝަނެއް އޮތްކަން ރެފަރެންޑަމް ވޯޓުން ފެނިގެން ދިޔަ، އެއީ ޖަޒުބާތުގައި ޖެހިގެން ރައީސް ދައްކަވާ ވާހަކަ: މެމްބަރު ދީދީ

ރާއްޖޭގައި ޒިންމާދާރު އިދިކޮޅު ސިޔާސީ ހަރަކާތެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދަވަނީ ޖަޒުބާތުގައި ޖެހިވަޑައިގެން ކަމަށާއި، މިވަގުތު ރާއްޖޭގައި ވަރުގަދަ އިދިކޮޅު ފަރާތްތަކެއް އެބައޮތްކަން ރައީސަށްވެސް އެނގިލައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއ…

ވޭވަށު ކައުންސިލް ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފި

މ. ވޭވަށު ކައުންސިލްގެ އާންމު މެންބަރުކަމުގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓަށް ކާމިޔާބުވެފައި ވަނިކޮށް، ހައިކޯޓުގެ ހުކުމަކުން އެ ނަތީޖާ ބާތިލުކޮށް ޕީއެންސީގެ ކެންޑިޑޭޓަށް ގޮނޑި ދޭން ކުރި ހުކުމް އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގަނެފި އެވެ.

ކޮވިޑްގެ ހާލަތަށް ވުރެ ފަތުރުވެރިކަން ގޯސް، ހާލަތަށް ރިއާޔަތްކޮށް ފިޔަވަޅެއް ނާޅާ: ދީދި

ކޮވިޑުގެ ހާލަތުގައި އޮތް މިންވަރަށް ވުރެ މިހާރު ރާއްޖޭގެ ފަތުރުވެރިކަން ގޯސް ކަމަށާއި ހާލަތަށް ރިއާޔަތްކޮށް އެކަމާ މެދު ފިޔަވަޅެއް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނާޅާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ފެނަކައިން މުވައްޒަފުންނަށް ހަތަރު މަސްދުވަހުގެ މުސާރަ އާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި

ބޮޑު ގެެއްލުމަކާއެކު ހިންގަމުންދާ ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހަތަރު މަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތު މުވައްޒަފުންނަށް ހުޅުވާލައިފި އެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަގެ ވޯޓާސް ލިސްޓުގައި ކެނޑިޑޭޓުންގެ ފަރާތުން ސޮއިކޮށްފި

2026 ޖޫން 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކޮށްފި އެވެ.

ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ ސަނީ އުމަރުގެ ޝަރީއަތް ބުދަ ދުވަހު، ޝަރީއަތް ސިއްރު

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާ ޙުސައިން ސަނީ އުމަރު ބުދަ ދުވަހު މެންދުރު ފަހު ކްރިމިނަލް ކޯޓަށް ހާޒިކުރަން ނިންމައިފި އެވެ.

Loading fresh headlines…