Live 6,031 stories Updated Aug 3, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ސްޓެލްކޯއިން ދިއްލަންވީ ޤައުމު، އޭސީސީން ކުރަންވީ ކަމަކީ ކޮރަޕްޝަން ތަހުގީގުކުރުން، ފުރަތަމަ އެކަންކަން ކޮށްދީ!

"ކޮރަޕްޝަން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމަށްޓަކައި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި"

އިންހައުސް މަސައްކަތުގައި އުޅުނު މީހުންގެ ތެރެއިން އިތުރަށް 2 ލައްކަ ރުފިޔާ ދީފައިވާ މީހުންގެ އަތުން އެ ފައިސާ އަނބުރާ ހޯދަން މަޖިލީހުން ފެނަކަ އަށް އަންގައިފި

ފެނަކަ ކޯޕަރޭޝަންގެ އިން ހައުސް މަސައްކަތްތަކުގައި އުޅުނު މީހުންނަށް މުސާރައާއި އިނާޔަތުގެ ގޮތުގައި އިތުރަށް 2 ލައްކަ ރުފިޔާ ދީފައިވާކަން ހާމަވެފައިވާތީ، އެ މީހުން ފާހަގަކޮށް، އެ ފައިސާ އަނބުރާ ހޯދަން، ރައްޔިތުންގެ މަޖިލީހުން އެ ކޯޕަރޭޝަނަށް އެންގުމަށް ފާސްކޮށްފި އެވެ.

މި ފެށުނު ދިރާސީ އަހަރަށްވާއިރު، ނާލާފުށީ ސްކޫލުގެ އައު ކްލާސްރޫމްތަކުގެ މަސައްކަތް ނިމޭނެކަމަށް ރައީސް ވިދާޅުވި، ނަމަވެސް އެކަންވީ ދެއްކި ހުވަފެނަކަށް!

ހއ. ނާލާފުށީގެ ސްކޫލަށް ހަތަރު ކްލާސްރޫމް އިތުރުކުރުމަށް ކުރިން ހިނގަމުން އައި މަސައްކަތް މިހާރު ހުއްޓިފައިވާތީ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކުރައްވައިފި

ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ސ.ހުޅުދޫ، ގޯރަންވިލާ އަލްއުސްތާޛާ ފާތިމަތު ދިޔާނާ ހޯމަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޢައްޔަންކުރައްވައިފި އެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް 2 މެންބަރުން އިތުރު ކުރާ ބިލު ބަލައިގަނެ، ކޮމިޓީ އަށް

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުންގެ އަދަދު އިތުރުކުރުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި އެވެ.

ކުނި އުކާލުމުގެ ތެރެއިން ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅި، ފަޅު ހަޑިވަމުންދާ މައްސަލައިގައި މެންބަރު ކުޑޫގެ ސުވާލުތަކެއް ވެމްކޯގެ އެމްޑީ މުޖުތަބާ އަށް!

ހުޅުމާލެ އިން ކުނި އުކާލުމަށް ކުރެވޭ މަސައްކަތުގައި ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅި، ފަޅު ހަޑިވަމުންދާ މައްސަލައިގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލުއާ ސުވާލުތަކެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އި…

އަންހެނެއްގެ ޖަންގިޔާ ތެރެއިން ފެނުނު ޑްރަގްގެ ޒިންމާ ފިރިމީހާ ނެގުމުން އަނބިމީހާގެ ދައުވާ ޕީޖީން އަނބުރާ ގެންގޮސްފި

މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި ދެމަފިރިއެއްގެ މައްޗަށް ދައުވާކޮށް ޝަރީއަތް ކުރިއަށް ދަނިކޮށް، އެ ތަކެއްޗަކީ އޭނާގެ އެއްޗެހި ކަމަށް ބުނެ ފިރިމީހާ އިއުތިރާފުވުމުން އަނބިމީހާގެ މައްޗަށް ކުރި ދައުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންގޮސްފި އެވެ.

ކޮރަޕްޝަން ހުއްޓުވަން ކުރެވޭނެ މަސައްކަތްތައް ދެނެގަންނަން އޭސީސީއާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގުޅިގެން ކޮރަޕްޝަން ހުއްޓުވުމަށާއި ނަޒާހަތްތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމަށްޓަކައި ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

ހއ. ކެލާގައި ކޭބަލް ހޮޅި ވަޅުލުމަށްޓަކައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މަގުކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ކައިރީގައި ހުރި އިމާރާތެއްގެ ފާރު ވެއްޓި އުމުރުން ދުވަސްވީ މީހަކު އޭގެ ދަށުވެއްޖެ އެވެ.

އައްޑޫ ލިންކް ރޯޑް: 1 އަހަރު ފާއިތުވިއިރު އާރްޑީސީ އަށް ކުރެވުނު ހަމައެކަނި ކަމަކީ މަގު ސާފުކުރުން

ނިމިދިޔަ 2025 ވަނަ އަހަރުގެ އެޕްރީލް 8 ވަނަ ދުވަހު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކުރި އައްޑޫ ލިންކް ރޯޑު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް އެހެން ބަޔަކާ ހަވާލު ކުރުމަށް ނިންމަވާފައިވާ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

2025 ވަނަ އަހަރުގެ ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްތަލިބު: "އެޖެންޑާ ކުރެވޭލެއް ލަސްވުމަކީ އަޅުގަނޑު ޒިންމާވާން ޖެހޭ ކަމެއް ނޫން"

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަޒީރުންނާއި ކުރަން ފޮނުވާފައި ހުރި ސުވާލުތައް އެޖެންޑާ ކުރެވޭލެއް ލަސްވުމަކީ އޭނާ ޒިންމާނަންގަވަން ޖެހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…