Live 6,031 stories Updated Jul 23, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

އާރްޓީއައިތަކަށް ޖަވާބުދޭން ރައީސް އޮފީހަށް 7 ދުވަސް ދީ، ދައުވާކުރާނެކަމުގެ އިންޒާރު ދީފައި އޮއްވައި އެ އަމުރަށް ވެސް ރައީސް އޮފީހުން ޚިލާފުވެއްޖެ

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސް އޮފީހަށް ރައްދުވާ ގޮތަށް ރާއްޖެޓީވީން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި 7 ދުވަސް ތެރޭގައި ޖަވާބު ދިނުމަށް އައިކޮމްއިން ރައީސް އޮފީހަށް އަމުރުކޮށްފައި ވަނިކޮށް އެ އެންގުމާ ވެސް ރައީސް އޮފީހުން ޚިލާފުވެއްޖެ…

ގިންތިކުރެވިފައިވާ ބޭހުގެ 80 އިންސައްތަ ބޭސް، ފާމަސީތަކުން ލިބޭނެ އިންތިޒާމު ހަމަޖައްސަން އެމްއެފްޑީއޭއިން އަންގައިފި

ފާމަސީތަކުގައި ބެހެއްޓުމަށް ލާޒިމްކުރާ އަސާސީ ބޭހުގެ ލިސްޓް ދެ ގްރޭޑަކަށް ގިންތިކޮށް، އެ ގްރޭޑަކަށް ކަނޑައެޅިފައިވާ ބޭހުގެ 80 އިންސައްތަ ބޭސް މިއަދުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ލިބޭނެ އިންތިޒާމު ހަމަޖައްސަންޖެހޭނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އ…

ކުޅުދުއްފުށީގައި މިދިޔަ ސަރުކާރުން ފެށި ދަމަނަވެށި އިމާރާތުގެ މަޝްރޫއުގެ މަސައްކަތްވެސް ހުއްޓިފައި!

ހދ. ކުޅުދުއްފުށީގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙުގެ ސަރުކާރުން ފަށާފައިވާ ދަމަނަވެށީގެ މަސައްކަތް މިހާރު ހުއްޓިފައިވާކަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ.

ފ. އަތޮޅު ގޯތި ނިލަންދޫ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލު ކުރުމާ ގުޅިގެން އެ އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދިއްޖެ

އަތޮޅު ރައްޔިތުންގެ ގެސްޓްހައުސްއާއެކު ފ. އަތޮޅު ގޯތި، ނިލަންދޫ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލު ކުރުމާ ގުޅިގެން އެ އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދިއްޖެ އެވެ.

ހިންމަފުށީގައި މާރާމާރީ ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރި މިސްރަށް ނިސްބަތްވާ ދެ މީހުން ރާއްޖެއަށް ނާދެވޭ ގޮތަށް ގައުމަށް ފޮނުވާލަނީ

ކ. ހިންމަފުށީގައި މާރާމާރީ ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރި މިސްރަށް ނިސްބަތްވާ ދެ މީހުން ރާއްޖެއަށް ނާދެވޭ ގޮތަށް ގައުމަށް ފޮނުވާލުމަށް އެދިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ސުނާމީ ކާރިސާއާއި ކޮވިޑުގެ އާލަމީ ވަބާގެ ދުވަސްވަރު ވެސް ވަޒީފާތަކުން މުވައްޒަފުން ކަނޑައިފައެއް ނުވޭ: ވައްޑެ

ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާއި ކޮވިޑް-19 ގެ އާލަމީ ވަބާގެ ދަތި އުނދަގޫ ދުވަސްވަރު ވެސް މުވައްޒަފުން ވަޒީފާތަކުން ވަކިކޮށް ބިކަކޮށްފައި ނުވާ ކަމަށާއި، ނަމަވެސް މި ސަރުކާރުން އެތައް ހާސް މުވައްޒަފުންނެއް ވަޒީފާތަކުން ވަކި ކުރަމުންދާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކ…

މުވައްޒަފުން ވަކިކުރަން ނިންމި ނިންމުމަކީ އެމްޑީޕީ މީހުންނަށް އަންނަ ހަމަލާއެއް: އާސިފް

ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން ވަކިކުރަން ނިންމި ނިންމުމަކީ އެމްޑީޕީ މީހުންނަށް އަންނަ ހަމަލާއެއް ކަމަށް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެނެޓަރ އަދި ގާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވެއްޖެ އެވެ.

މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނާއި އެ ރަށްރަށުގެ ކައުންސިލްތަކުން ބައްދަލުކުރަން ހިލޭ ޖާގަ ހަމަޖައްސައިދޭން ސިޓީ ކައުންސިލުން ނިންމައިފި

މާލޭގައި ދިރިއުޅޭ އަތޮޅުތެރޭގެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭނުންވާ ނަމަ، އެ ރަށްރަށުގެ ކައުންސިލްތަކަށް ހިލޭ ޖާގަ ދޫކުރުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.

ޕީއެންސީން ސްކޫލަށް ގެއްލުންދިން މައްސަލަ: ދައުލަތުގެ މުދަލަށް ގެއްލުން ނުވާނެ ގޮތަށް ކަންކަން ރާވަން އީސީން އިލްތިމާސްކުރި!

ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބުގެ ތެރެއިން ހުޅުމާލޭގައި ބެހެއްޓި ވޯޓު ފޮށި ކައިރީގައި ބޮޑު ހަމަނުޖެހުމެއް ހިންގައި، ދައުލަތުގެ މުދަލަށް ގެއްލުންދިން މައްސަލައިގެ ބަދަލު އެޕާޓީން ދީފި އެވެ.

Loading fresh headlines…