ހިޔާ 5 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފަސްވަނަ ޓަވަރުގައި ހުކުރު ދުވަހު އިރުއޮއްސުނުހާ އިރު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މި ހާދިސާއާ ގުޅިގެން އެ ޓަވަރުގައި ދިރިއުޅޭ މީހުން ސަލާމަތީ ހިދުމަތްތަކުން ބޭރަށް ނެރެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.