އެމްއޭސީއެލް ގައި ޑޮލަރު ހުންނާތީ މި ސަރުކާރުން މަޝްރޫއުތައް ހަވާލު ކުރަނީ އެތައް ގުނައެއް އަގުބޮޑުކޮށްފަ: އާޒިމް
މި ސަރުކާރުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އާ ބިން ހިއްކުމުގެ މަޝްރޫއުތައް ފަދަ މަޝްރޫއުތައް ހަވާލު ކުރަނީ އެތައް ގުނައެއް އަގުބޮޑު ކޮށް ކަމަށާ އެއީ އެ ކުންފުނީގައި ޑޮލަރު ހުންނާތީ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.