"ތަހުޒީބު ރާއްޖެއެއް ބިނާކުރެވޭނީ މާނަވީ އަދި މާއްދީ ތަރައްގީއަށް އިސްކަންދީގެން"
ތަހުޒީބު ރާއްޖެއެއް ބިނާކުރެވޭނީ ދިވެހިންގެ މާނަވީ އަދި މާއްދީ ތަރައްޤީއަށް އެއްވަރަކަށް އިސްކަންދީގެން ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމުގެ ކުރިމަގާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ ޤައުމުގެ ޙައްގުގައި ޝަހީދުވި ކޮންމެ ބޭފުޅަކުވެސް ޝަހީދުވީ މި އަމާންކަމުގެ ސުވަރުގެ އަމާންކަންމަތީ ދެމެހެއްޓުމަށް ބޭނުންވާތީ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވ…