Live 6,031 stories Updated Aug 5, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

އުކުޅަހުގެ އިސްވެރިންނާ ރައީސް މުއިއްޒު ބައްދަލު ކުރައްވައިފި

އަރިއަތޮޅު އުތުރުބުރީ އުކުޅަސް ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ ) ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ. މި ބައްދަލުކުރެ…

ކައުންސިލްތަކުގެ ބާރު ކަނޑުވާލާއިރު، ޕީއެންސީ ކައުންސިލަރުން ވެސް އެމްޑީޕީއާއެކު އިހުތިޖާޖަށް ނުކުންނާނެ ކަމަށް އުންމީދުކުރަން: ނަޝީދު

ކައުންސިލްތަކުގެ ބާރު ކަނޑުވާލާއިރު، ޕީއެންސީގެ ކައުންސިލަރުން ވެސް އެމްޑީޕީއާ ގުޅިގެން އިހުތިޖާޖު ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަޕަރސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މަސައްކަތްތަކަށް ހުރަސްނޭޅުމަށް އެންއައިސީ އިން އިލްތިމާސްކޮށްފި

ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އެ އިދާރާތަކުގެ ގާނޫނީ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމަށް ކުރާ މަސައްކަތްތަކާމެދު، ރައްޔިތުންގެ މެދުގައި ޝައްކު އުފައްދައި ނުރަނގަޅު ތަސައްވުރެއް އުފެދޭގޮތަށް މީސްމީޑިއާގައި ވާހަކަދެއްކުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން …

އޮގަސްޓް 13 ވަނަ ދުވަހު އެމްޑީޕީން މުޒާހަރާއަށް ނުކުންނަނީ ހަގީގަތުގައި ވެސް ދަތިވެގެން: ރާއީ

އޮގަސްޓް 13 ވަނަ ދުވަހު އެމްޑީޕީން މުޒާހަރާއަށް ނުކުންނަނީ ހަގީގަތުގައި ވެސް ދަތިވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ މުޒާހަރާ އޮގަސްޓް 13 ވަނަ ދުވަހުގެ ރެޔަށް ބަދަލުކޮށްފި

ތަކެތީގެ އަގު އުފުލުމާއި ރައްޔިތުންނަށް ދިމާ ވަމުންދާ ދަތިތަކާއި ގުޅިގެން އަޑު އުފުލުމަށް އިދިކޮޅު މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރަން ނިންމާފައިވާ މުޒާހަރާ އޮގަސްޓް 13 ވަނަ ދުވަހުގެ ރެއަށް ބަދަލުކޮށްފި އެވެ.

ކައިވެނި ކުރުމަށް ބައްޕަ ވަލީ ނުދީގެން އަންހެން ކުއްޖަކު ހުށަހެޅި މައްސަލައެއް ކޯޓުން ބޭރުކޮށްލައިފި

ކައިވެނި ކުރުމަށްޓަކައި ބައްޕަ ވަލީ ނުދީގެން، ވަލީ ހޯދުމަށް އުމުރުން 18 އަހަރުގެ އަންހެން ކުއްޖަކު އޭނާގެ ބައްޕައާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލައެއް ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

މޭޔަރުކަމުގައި ހުންނެވިއިރު މުއިއްޒުގެ އަރިސް ބޭފުޅެއްގެ ކުންފުންޏަކަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިންކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އަވަސް ތަހުގީގެއް ހިންގައިދޭން މާލޭ ސިޓީ ކައުންސިލުން އެދެނީ!

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވިއިރު، އެމަނިކުފާނުގެ އަރިސް ބޭފުޅެއްގެ ކުންފުންޏަކަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަމުރުކޮށްދިނުމ…

ޑިމޮކްރަޓިކް ދައުލަތެއް ބިނާކުރުމަށް ނަޒާހަތްތެރިކަން އިތުރުކުރުމާއި، ޖަވާބުދާރީކުރުވުމާއި، ދެފުށްފެންނަ އުސޫލުތަކުގެ މުހިންމު ކަމުގެ މައްޗަށް ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވައިފި

އަދަށް ވުރެ ވިލުންތެރި ދައުލަތްތަކާއި، ހަރުދަނާ ޑިމޮކްރަސީތަކާއި، ދުޅަހެޔޮ އިގުތިސާދުތަކާއި، އުންމީދީ މުޖުތަމަޢުތަކެއް މުސްތަގުބަލުގެ ޖީލުތަކަށް ކަށަވަރުކޮށްދިނުމަށްޓަކައި، ނަޒާހަތްތެރިކަން އިތުރުކުރުމާއި، ޖަވާބުދާރީކުރުވުމާއި، ދެފުށްފެންނަ އުސޫލުތަކާއި، އީޖާދުކުރުމުގައި ވުނަކުރުންމަތީ ދެމިތިބެ، އިޚ…

ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އެސްއޯއީތަކުގެ މާލީ ހާލަތަށް ކުރާނެ އަސަރުތައް ދެނެގަނެ ލަފާދޭނެ މީހަކު ހޯދަނީ، މުސާރަ 46،000 ރުފިޔާ!

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހާލަތު ދެނެގަނެ، ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އެ ކުންފުނިތަކަށް ކުރާނެ އަސަރުތައް ދިރާސާކޮށް ލަފާދޭނެ ހާއްސަ މާހިރަކު ހޯދުމަށް މިނިސްޓްރީ އޮފް ފައިނޭންސްއިން އިއުލާނުކޮށްފި އެވެ.

ސަރުކާރުން ބޭނުންވާއިރަށް ބަދަލެއް ދިނުމެއް ނެތި ރަށްތަކާއި މުދާ ދައުލަތަށް ނެގިގެން ނުވާނެ: ޝަމްހީދު

ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ ބަދަލުގައި ހިމެނޭ ބައެއް މާއްދާތައް ޤާނޫނުއަސާސީއާ ތަޢާރުޒުވާ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު…

Loading fresh headlines…