Live 6,031 stories Updated Aug 3, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ރަށްރަށަށް ވަޑައިގެން 6 މަސް ދުވަހުން މަޝްރޫއުތައް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވަނީ މިނިސްޓްރީން ބުނެގެންތޯ ކުރި ސުވާލަށް މިނިސްޓަރު މުއްތަލިބު ޖަވާބެއް ނުދެއްވި

ކޮންމެ ރަށަކަށް ވަޑައިގެން ވެސް 6 މަސް ދުވަހުން މަޝްރޫއުތައް ނިންމަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވަނީ ހައުސިންގ މިނިސްޓްރީ އިން ބުނެގެންތޯ ސާފު ކުރުމަށް ކުރި ސުވާލަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ޖަވާބެއް ނުދެއްވާ ބަހަނާތަކެއް ދައްކަވައިފި އެވެ.

ކަރެކްޝަންސްގެ އޭސީޕީގެ މަޤާމުގައި ހުންނަވަނިކޮށް ވަކިކުރި އާސިފަށް އަލުން ވަޒީފާ ދިނުން މަޑުޖައްސައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕްރިޒަންސް (އޭސީޕީ) ގެ މަގާމުގައި ހުންނެވި މުހައްމަދު އާސިފް ވަޒީފާއިން ވަކިކުރި މައްސަލައިގައި، އޭނާއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ހައިކޯޓުން ނެރެފި އެވެ.

ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށް ރައީސް އުފެއްދެވި ކުންފުނީގެ ބޯޑަށް މެންބަރަކު އައްޔަންކޮށްފި

ސަރުކާރުން ހަރަދު ކުޑަ ކުރަމުންދާ ކަމަށް ބުނަމުންދާއިރު، އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކޮމްޕެނީ ލިމިޓެޑް (އައިޑީއެސް) ބޯޑުގެ އެކައުންޓިންގ އެންޑް ފައިނޭންސްގެ މެންބަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.

ސިޔާސީ ބޭނުމަށް ފެނަކައަށް މުވައްޒަފުން އިތުރުކުރުމަށްފަހު، މިހާރު އެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން ދަނީ އެއްވެސް އިންސާފުވެރި އުސޫލެއް ނެތި: ޔައުގޫބް

ސިޔާސީ ވަކި ބޭނުމަކަށްޓަކައި މުވައްޒަފުން ފެނަކައަށް އިތުރުކުރުމަށްފަހު، މިހާރު އެ މުވައްޒަފުން ވަކިކުރަމުންދަނީ އެއްވެސް އިންސާފެއް ނެތް ގޮތަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ އަދިވެސް ދަނީ އިތުރުވަމުން، ބަޖެޓް ޑެފިސިޓް 1.4 ބިލިއަން ރުފިޔާގައި!

މިއަހަރުގެ މިހާތަނަށް ދައުލަތުގެ ޚަރަދުތައް މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެ، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ އިންތިހާއަށް އުފުލިފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

ޓެކްސް ދައްކާ ފަރާތްތަކަށް ދިމާވަމުންދާ ގޮންޖެހުންތައް ބަލައިގަނެ، އެފަރާތްކާއި ގުޅިގެން މަސައްކަތް ކުރުމަށް އިސްކަން ދޭނަން: ޓެކްސް ކޮމިޝަނަރު އަމީޒާ

ބައިނަލްއަގްވާމީ މަސްރަހަށް އަންނަމުންދާ ލޮޅުންތަކާއި، އިގްތިޞާދީ ގޮތުން ދިމާވަމުންދާ ދަތިތަކާއިއެކު ޓެކްސް ދައްކާ ފަރާތްތަކަށް ގޮންޖެހުންތައް ދިމާވަމުންދާކަން ބަލައިގަނެ، ޓެކްސް ދައްކާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް އިސްކަން ދެއްވާނެ ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒ…

މީހެއްގެ ހުއްދައާ ނުލައި ކުޑަދޫ ބުރިކޮށްލުމުން ކުރި ދައުވާ ސިވިލް ކޯޓުން ބޭރުކޮށްލުމުން މައްސަލަ ހައިކޯޓަށް!

ޓްރީޓޮޕް ހޮސްޕިޓަލުގައި ކުރި އޮޕަރޭޝަނެއްގެ ތެރެއިން، ހުއްދައާ ނުލައި ކުޑަދޫ ބުރިކޮށްލި ކަމަށް ބުނެ ގެއްލުމުގެ ބަދަލުގެ ގޮތުގައި 4 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޯދުމަށް އަމިއްލަ ފަރާތަކުން ކުރި ދައުވާ ސިވިލް ކޯޓުން ބޭރުކޮށްލުމުން، އޭނާގެ ފަރާތުން މައްސަލަ ހައިކޯޓަށް ހުށަހަޅައިފި އެވެ.

Loading fresh headlines…